twitterviber whatsapp telegramfacebookyoutube instagram
14th July 2026

ކުޅުދުއްފުށީގެ ބައެއް މަގުތައް ފަރުމާކުރާނީ ރޭސިންނަށް ހާއްސަކޮށް

އަބްދުލް ވާހިދު ޙަސަން
Sep 23, 2023
2

ޕީއެންސީ/ޕީޕީއެމް ސަރުކާރެއްގައި ކުޅުދުއްފުށީގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަކަށް ހަދާއިރު އޭގެ ތެރެއިން ބައެއް މަގުތައް ފަރުމާކުރާނީ ރޭސިންނަށް ހާއްސަކޮށްކަމަށް އިދިކޮޅު ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި ރޭ ބޭއްވި ޕީއެންސީ/ޕީޕީއެމްގެ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގައި ހުރިހާ ސިޓީތަކާއި ހާއްސަ ރަށްތަކެއްގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަކަށް ހަދައިދޭނެ ކަމަށެވެ.

އެގޮތުން ކުޅުދުއްފުށީގެ މަގުތައް ހެދިގެންދާއިރު ބައެއް މަގުތައް ފަރުމާކުރާނީ ރޭސިންނަށް ހާއްސަކޮށް ކަމަށާއި އޭރުން ކަނޑައެޅޭ ވަކި ވަގުތެއްގައި ވަކި ހުދޫދެއްގެ ތެރެއިން ރޭސިން ޖަހަން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

މާލެ ސަރަހައްދު ފިޔަވާ އެންމެ ގިނަ ރޭސިން އިވެންޓްތައް ބާއްވާ، ކުޅުދުއްފުއްޓަކީ ރޭސިންނަށް ލޯބިކުރާ ގިނަ ބަޔަކު އުޅޭ ރަށެކެވެ. އަދި ގައުމީ ފެންވަރުގެ ކާމިޔާބީތައްވެސް ކުޅުދުއްފުށީ ރައިޑަރުން ހޯދައިފަވެ އެވެ.

މުއިއްޒު ވިދާޅުވީ، ބައެއް މަގުތައް ރޭސިންނަށް ފަރުމާކުރާއިރު ރޭސިންނަށް ކަނޑައެޅޭ ވަގުތުތަކުގައި ނޫން އެހެން ވަގުތުތަކުގައި އާންމުކޮށް ބޭނުންކުރެވޭނެ ކަމަށެވެ. އެކަމަށް ހާއްސަ މަގުތަކުގައި ރޭސިންނަށް ހުޅުވާލެވޭނީ އެކަމަށް ހާއްސަ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355