twitterviber whatsapp telegramfacebookyoutube instagram
31st October 2025

ކުޅުދުއްފުށީގައި ރޭސިންގ ޓްރެކެއް އަޅާނަން

އަބްދުލް ވާހިދު ޙަސަން
Jul 8, 2023

އަތޮޅުތެރޭގެ އެންމެ ގިނަ ރޭސިންގ އިވެންޓްތައް ބާއްވާ ކުޅުދުއްފުށީގައި ރޭސިންގ ޓްރެކެއް އަޅާނެކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް ކެމްޕެއިންގައި މިހާރު ބޮޑު ތިލަދުންމައްޗަށް ކުރައްވަމުންގެންދާ ދަތުރުފުޅުގައި ރޭ ކުޅުދުއްފުށީގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ކުޅުދުއްފުއްޓަކީ ގިނަ ޒުވާނުންތަކެއް ސައިކަލް ރޭހާއި ތަފާތު ކާރު ރޭސްތައް ބާއްވަމުން އަންނަ ރަށެއް ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި މިރަށުގެ ޒުވާނުންނަށް ރޭޝިން ޓްރެކެއް އަޅާފައި ދައްކާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ، އެ ޓްރެކް ވެގެންދާނީ އެހެން ރަށްރަށުގެ މީހުންވެސް އައިސް ފޯރީގައި ދުއްވާލެވޭނެ ޓްރެކެއް ކަމަށާއި އަދި އެކަން ބައިނަލްއަގްވާމީ ފެންވަރަށް ކުރާނެކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ގިނައިން ސައިކަލް އަދި ކާރު ރޭސިން ހަރަކާތްތައް ބާއްވަމުން އަންނަނީ ކުޅުދުއްފުށީގަ އެވެ. އެ ކުޅިވަރަށް ލޯބިކުރާ ގިނަ އަދަދެއްގެ ޒުވާނުން އުޅޭއިރު އެ މީހުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެކަން ކުރާނެ ޓްރެކެއް ނެތުމެވެ. ކުޅުދުއްފުށީގެ ރައިޑަރުން އަންނަނީ ރާއްޖޭގެ ފެންވަރުގައިވެސް ރަންވަނަތަކެއް ހޯދަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355