twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއް، ނިކަމެތިންނަށް ހިލޭ ގޯތި ހައްގުވާނެ

ނަބީލާ އިސްމާޢީލް
Jul 16, 2023

ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއް ކަމަށާއި ނިކަމެތިންނަށް ހިލޭ ގޯތި ހައްގުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީގެ ހުޅުމާލޭ ޖަގަހަ ހުޅުވަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއް ކަމަށާއި ނިކަމެތިންނަށް ހިލޭ ގޯތި ހައްގުވާ ކަމަށެވެ. އަދި މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނީ ރިޔާސީ އިންތިހާބަށް ރިޝްވަތު ދިނުމުގެ ގޮތުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

ސަރުކާރުން އިއުލާން ކުރި "ބިންވެރިޔާ" ސްކީމްގެ ދަށުން ނެރުނު ވަގުތީ ލިސްޓުގައި ގޯއްޗަށް އެދި ޖުމްލަ 23،088 މީހުން ހުށަހެޅި އިރު، އޭގެ ތެރެއިން 19،858 މީހަކު ވަނީ ބަންޑާރަ ގޯއްޗަށް ޝަރުތު ހަމަވެފައެވެ. މި ބުރުގައި އެ އެންމެންނަށް ގޯތި ނުދެވުނަސް، ސަރުކާރުގެ އަމާޒަކީ ޝަރުތު ހަމަވާ އެންމެންނަށް ވެސް މާލެ އިން ގޯތި ކަނޑައި ދިނުމެވެ.

"އަޅުގަނޑުމެން ގޭގެއަށް ހިނގައިފިން. މީހުން އުޅޭ ގޮތް އެނގޭ. ނިކަމެތިންގެ ހާލު އަޅުގަނޑުމެން ދަންނަން ޖެހޭ. ރަނގަޅަށް ބަލާފައި ނޫނީ އަޅުގަނޑުމެން ގޯތި ދީގެން ނުވާނެ. އެހެންވީމަ މިހާރު ދިން ގޯތިތަކަކީ އަޅުގަނޑު ދަންނަވާނީ ސީދާ ރިޔާސީ އިންތިހާބަށް ރިޝްވަތު ދިނުމުގެ ގޮތުން ދިން ގޯތިތަކެއް،" ނާޒިމް ވިދާޅުވިއެވެ.

މި ސަރުކާރުން ގޯތީގެ ލިސްޓެއް ނެރުނު ކަމުގައި ވިޔަސް، އެ ލިސްޓާ ނުކުޅޭނެ ކަމުގެ ޔަގީން ކަން ނާޒިމް ދޭކަމަށާއި އެމްއެންޕީގެ ވެރިކަމެއްގައި އެއަށް ވުރެ ފުރިހަމަ އަށް އެކަން ކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355