ކުޅުދުއްފުށީ އެމްއެންޕީގައި އުޅޭ ގިނަ ބަޔަކު އެމްޑީޕީއާ ގުޅިއްޖެ އެވެ. މިރޭ ކުޅުދުއްފުށީގައި ކުރިއަށްދާ އެމްޑީޕީގެ ބޮޑު ޖަލްސާގައި އެމްޑީޕީއާ ގުޅުން އެ ޕާޓީގެ މެމްބަރުންނާއެކު ރައީސް ސޯލިހް ވަނީ ފޮޓޯއަކަށް ހުއްޓިވަޑައިގެންފަ އެވެ.
އެމްޑީޕީއާ ގުޅުނު މީހުންގެ ތެރޭގައި އެމްއެންޕީގެ ދެކުނު ދާއިރާގެ ރައީސް އަހުމަދު މުހައްމަދާއި އެ ދާއިރާގެ ނައިބު ރައީސް މުހައްމަދު ވަހީދުވެސް ހިމެނެ އެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުން އެމްޑީޕީއާ ގުޅުނު ސަބަބެއް ސާފެއް ނުވެ އެވެ.
މިއަދު ހަވީރު ރައީސް އިބުރާހިމް ކުޅުދުއްފުއްޓަށް ވަޑައިގަތުމުން ގިނަ ބަޔަކު ނުކުމެ އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.