twitterviber whatsapp telegramfacebookyoutube instagram
8th May 2024

އެމްއެންޕީގެ ވެރިކަމެއްގައި ނާސަރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔަވައިދޭނަން

Jul 9, 2023

އެމްއެންޕީގެ ވެރިކަމެއްގައި ނާސަރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔަވައިދޭނެ ކަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ބޮޑުތިލަދުންމަތީގެ ރަށްތަކަށް މިހާރު ކުރަމުންދާ “އުޖާލާ ޒަމާން” ކެމްޕެއިންގެ ދަށުން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ތައުލީމަށް ރައްޔިތުންގެ އަތުން ބޮޑު ހަރަދެއް ހޭދަކުރަން ނުޖެހޭ ގޮތަށް ހަދާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީގެ ސަރުކާރުގެ ސިޔާސުތައް ތަފާތުވާނެ ކަމަށާއި ބޭނުން ވަނީ ރައްޔިތުންނާ ވަރަށް ގާތުން، ރައްޔިތުންނަށް ލާބަ އާއި މަންފޭ ލިބޭ ވެރިކަމެއް ކުރުން ކަމަށެވެ. އަދި ތައުލީމީ ފުރުސަތުތައް ފުޅާކޮށް، ފަހިކޮށްދިނުމަކީ ވަަރަށް މުހިއްމު، ބޮޑު ސިޔާތެއްކަމަށެވެ.

މީގެ އިތުރުން އެމްއެންޕީ ސަރުކާރެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުނަރާއި ފަންނު ވެސް ތައުލީމީ ސިޔާސަތުގެ ދަށުން ހޯދައިދޭނެ ކަމުގައި ނާޒިމް ވިދާޅުވިއެވެ.

ރައްޔިތުން ހޭ އަރާ ތިބުމަށް ގޮވާލައްވަމުން ނާޒިމް ވިދާޅުވީ ހިލޭ ގޯތި ދޭ އުސޫލަކީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށެވެ. އަދި އެ މަޝްރޫއު ހިންގަނީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ވޯޓު ހޯދަން ކަމަށެވެ.

ބިން ހިއްކަން ދާ ބޮޑު ހަރަދާއި އެ ބިމުގައި ބަޔަކު އާބާދު ކުރުމަށް ހިނގާނެ ދިގު މުއްދަތު އޮއްވައި އެތަންތަނުން އާންމުންނަށް ލިބޭ ގޯތި ތަރައްގީ ކުރަން ބޮޑެތި ވިޔަފާރިތަކުން އަތުލުމުން އަނެއްކާ ވެސް ދިވެހިން އަޅުވެތިވާނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355