ރާއްޖެ އަށް ޕްލާސްޓިކް ހޮޅި އެތެރެ ކުރުން ހުއްދަ ކުރަން ސަރުކާރުން ނިންމައިފި އެވެ.
އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް ހޮޅި ފަދަ ތަކެތި ރާއްޖެ އެތެރެ ކުރުން މަނާ ކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޖޫން 1، 2021 ގަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެންވާރަމަންޓް މިނިސްޓްރީގެ މަޝްވަރާގެ މަތިން ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ޕްލާސްޓިކް ހޮޅި ރާއްޖެ އަށް އެތެރެ ކުރުން މަނާ ކުރުން ޖޫން 1، 2031 އަށް އަދި އެތަކެތި ރާއްޖޭގައި އުފައްދައިގެން ބާޒާރަށް ނެރުން ޑިސެމްބަރު 19، 2031 އަށް ފަސް ކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެއް ލީޓަރާއި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އަށް އެތެރެ ކުރުމާއި އުފެއްދުން މަނާ ކުރަން މީގެ ކުރިން ނިންމާފައި ވަނީ ޑިސެމްބަރު 1، 2029 ގަ އެވެ.
ރައީސް އޮފީހުން ވަނީ އެ ނިންމުން ވެސް ބަދަލުކޮށް ޕްލާސްޓިކް ކުދި ފުޅި އުފެއްދުން މަނާ ކުރުން 2030 އަށް ފަސްކޮށްފަ އެވެ.




