twitterviber whatsapp telegramfacebookyoutube instagram
4th April 2026

200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑް އަހްނާ އާކޮށްފި

މުޙައްމަދު އަހުމަދު
Oct 2, 2023

މިހާރު ޗައިނާގެ ހަންގްޒޫގައި ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގައި ވާދަކޮށް 200 މީޓަރު ދުވުމުގެ ގައުމީ ޔޫތް ރެކޯޑް ރާއްޖޭގެ ޒުވާން އަންހެން ދުވުންތެރިޔާ އަހްނާ ނިޒާރު އާކޮށްފި އެވެ.

ކުޅުދުއްފުއްޓަށް އުފަން ކުޅަދާނަ އެތްލީޓް އަހްނާ 200 މީޓަރުގެ ދުވުމުގެ ޔޫތު ރެކޯޑް އާކޮށްފައިވަނީ އިއްޔެ ބޭއްވި ރޭހުގައި 25.66 ސިކުންތުން ދުވެގެންނެވެ. އަހްނާއަށް ލިބުނީ އޭނާ ވާދަކުރި ހީޓުގެ ހަވަނަ އެވެ.

މީގެކުރިން ވެސް 200 މީޓަރުގެ ޔޫތު ރެކޯޑް ވެސް އޮންނަނީ އަހްނާ އަތުގަ އެވެ. ކުރިން އޭނާ މިރެކޯޑް ހެދީ ޖުލައިމަހު ތައިލެންޑްގައި ކުރިއަށްދިޔަ އޭޝިއަން ޗެމްޕިއަންޝިޕްގައި 25.73 ސިކުންތުން ދުވެގެންނެވެ.

މީގެއިތުރުން މިފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން ވަނީ 25.59 ސިކުންތުން ދުވެގެން 200 މީޓަރުގެ ހީޓު އެކަކުން ހަތްވަނަ ހޯދާފަ އެވެ.

ފިރިގެން އެތްލީޓުންނަށް ބަލާއިރު 200 މީޓަރުގެ ހީޓު އެކެއްގައި އިބްރާހިމް ނާހިލް ނިޒާރު ވަނީ 22.98 ސިކުންތުން ދުވެފަ އެވެ. ހީޓޫ ދޭއްގެ އެންމެފަހަތަށް ދިޔަ ނަމަވެސް ރާއްޖޭގެ އަހްމަދު ނަޖުދާން އަބްދުﷲ ވަނީ 23.27 ސިކުންތުން އެހީޓު ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355