twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ފަސް މިލިއަން ގަސް އިންދުމަށް ޕާކިސްތާނުން ރާއްޖެއަށް އެހީވަނީ

Dec 2, 2023

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދިމުގެ މަޝްރޫއަށް އެހީތެރިވެ ދިނުމަށް ޕާކިސްތާނުން ނިންމައިފިއެވެ.

ދުބައީގައި ކުރިއަށްދާ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް 28) ވަނަ ސަމިޓުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ރަށްތަކުގެ ވިލުންތެރިކަން އިތުރު ކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ވިދާޅުވެފައެވއ.

ކޮޕް28 ސަމިޓުގެ ހަވާސާގައި ގައުމުތަކުގެ ވެރިންނާއެކު ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ޕާކިސްތާންގެ ބޮޑުވަޒީރު އަންވާރުލް ހައްގު ކާކަރުއާ އެކު ރައީސް ޑރ. މުއިއްޒު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ވަނީ ފަސް ރާއްޖޭގައި މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާވެވަޑައިގެންނެވި ވައުދު ފުއްދުމަށް ޓަކައި، އެކުގައި މަސައްކަތް ކުރެއްވުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެ އާއި ޕާކިސްތާނާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއެއް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، މިދިިޔަ ސަރުކާރުތަކުން ވެސް ވަނީ އެފަދަ އެކިއެކި ޕްރޮގްރާމްތައް ހިންގާފައެވެ. ނަމަވެސް މިއީ ރާއްޖޭގައި މިހާ ގިނަ އަދަދެއްގެ ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށާނެކަން އިއުލާނު ކުރި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

ކޮޕް28ގެ ބައްދަލުވުމުގެ ތެރެއިން އެހެން ގައުމުތަކުގެ އިސްވެރިންނާ ވެސް ރައީސް ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355