twitterviber whatsapp telegramfacebookyoutube instagram
5th December 2025

ނޭޝަނަލް ގްރޭންޑް ޕްރިކްސްގެ 100 މީޓަރުން އަހްނާއަށް ރަން މެޑަލް!

މުޙައްމަދު އަހުމަދު
Dec 23, 2023

މިމަހު ކުރިއަށް ގެނދިޔަ 5 ވަނަ ގައުމީ ގްރޭންޑް ޕްރިކްސްގެ 100 މީޓަރު ސްޕްރިންޓުން ކުޅުދުއްފުށީގެ ޒުވާން އެތްލީޓް އަހްނާ ނިޒާރު ރަން މެޑަލް ހޯދައިފި އެވެ.

މިމަހުގެ 22 - 23 އަށް ކުރިއަށް ގައުމީ ގްރޭންޑް ޕްރިކްސްގައި އަހްނާ ތަމްސީލުކޮށްފައިވަނީ ޝަރީފް ސްޕޯޓްސް އެވެ. ޝަރީފް ސްޕޯޓްސްއިން ތަމްރީނުވަމުން އަންނަ އަހްނާ ނިޒާރަކީ މިވަގުތު ރާއްޖޭގައި ތިބި އަންހެން އެތްލީޓުންގެ ތެރެއިން އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ ޒުވާން އެތްލީޓެކެވެ.

ގިނަ ކުރިއެރުންތަކެއް ހޯދަމުން އަންނަ އަހްނާ ވަނީ މީގެކުރިން ވެސް ގައުމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. ބައިނަލްއަގްވާމީ މައިދާނުގައި ވެސް އަހްނާގެ ކުރިއެރުންތައް ފެންނަމުން އަންނައިރު އޭނާ ވަނީ ބައިނަލްއަގްވާމީ ގިނަ އިވެންޓްތަކެއްގައި ވެސް ދާދިފަހުން ދިވެހިރާއްޖެ ތަމްސީލުކޮށްފަ އެވެ.

މިދެދުވަހު ކުރިއަށް ގެންދިޔަ ގްރޭންޑް ޕްރިކްސްގައި ވެސް އަހްނާ މިވަނީ އަނެއްކާވެސް ރަން ކާމިޔާބީއެއް ހޯދާފަ އެވެ. 100 މީޓަރު ސްޕްރިންޓް 12.69 ސިކުންތުން ނިންމާ އަހްނާ ވަނީ މިއިވެންޓުން ރަން މެޑަލް ހާސިލްކޮށްފަ އެވެ.

މިރޭހުގެ ދެވަނައަށް ގޮސްފައިވަނީ 12.92 ސިކުންތުން ނިންމި އައްޑޫ ހައި ސްކޫލުގެ އައިމިނަތު ޒަފާ ޒައިން އެވެ. 13.04 ސިކުންތުން ނިންމި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު ސަބާ ސަލީމަށް ލިބުނީ ތިންވަނަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355