twitterviber whatsapp telegramfacebookyoutube instagram
1st May 2024

ކުދި ވިޔަފާރިތައް ތަރައްގީކުރުމަށް ސިޓީ ކައުންސިލުން ގްރާންޓް ދެނީ

- ޒުވާން ވިޔަފާރިވެރިން އުފެއްދުމަށާއި ކުދި ވިޔަފާރިތައް ފުޅާކޮށް ތަރައްގީކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ގްރާންޓް ދޫކުރަން ހަމަޖެހިފައިވާކަމަށް މޭޔަރު ވިދާޅުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Mar 4, 2024

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށާއި ކުދި ވިޔަފާރިތައް ފުޅާކޮށް ތަރައްގީކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ގްރާންޓް ދޫކުރަން ނިންމައިފި އެވެ.

އެންމެފަހުން ބޭއްވި ރައްޔިތު ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، މިއަހަރު ކުރަން ނިންމާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި "މިނީ ބިޒްނަސް ގްރާންޓެއް" ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ގްރާންޓަކީ ގޭގަ، ނުވަތަ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އިންޓަރެސްޓަކާ ނުލައި ދޫކުރަން ނިންމާފައިވާ ގްރާންޓެއް ކަމަށެވެ. އެކަމަކު ގްރާންޓް ދޫކުރާނެ އަދަދު އަދި ކަނޑައަޅާފައިނުވާކަމަށް މޭޔަރު ވިދާޅުވި އެވެ.

މީޑިއާގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، މި ސްކީމްގެ ބޭނުމަކީ ރަށުގެ އިގްތިސޯދީ ހާލަތު އިތުރަށް ތަރައްގީކޮށް ޒުވާނުންނަކީ ފުދުއްތެރި ބައެއްގެ ގޮތުގައި ހެދުން ކަމަށެވެ.

ރަށުގެ ބިޒްނަސް ޕްލޭން އެކުލަވާލުމާއި ލޯކަލް އޮތޯރިޓީ ކުންފުނި ރަޖިސްޓްރީކުރުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާއިރު އެކުންފުނީގެ ސަބަބުން ސިޓީ ކައުންސިލްގެ އާމްދަނީ އިތުރުވުމަށް ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި މީގެ ތެރެއިން ވަޒީފާގެ ފުރުސަތުވެސް އިތުރަށް އުފެދިގެންދާނެކަންވެސް މޭޔަރު އާތިފް ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355