twitterviber whatsapp telegramfacebookyoutube instagram
13th February 2026

ރެސިޕީ: ޑިޕިންގ ސޯސް

ނަބީލާ އިސްމާޢީލް
Mar 17, 2024

ބޭނުންވާ ތަކެތި:

4 ލޮނުނެދު
1 ސައި ސަމުސާ މަސްޓަޑް ސޯސް
1/2 ސައި ސަމުސާ ހަކުރު
1 މޭޒުމަތީ ސަމުސާ ލުނބޯހުތް
1 ބިސް
1/2 ޖޯޑު ކުކިންގ އޮއިލް
1/2 ޖޯޑު މަޔޮނައިޒް
1 ސައި ސަމުސާ އަސޭމިރުސް
ކުޑަ ލޮނު ކޮޅެއް
1 މޭޒުމަތީ ސަމުސާ ކްރީމް ޗީޒް ސްޕްރެޑް (ބޭނުން ނަމަ)
1/2 މޭޒުމަތީ ސަމުސާ ފްރައިޑް ޗިކަން ސޯސް

ތައްޔާރުކުރާނެ ގޮތް:

މަޔޮނައިޒް އާއި ތެލާއި، ކްރީމް ޗީޒް ސްޕްރެޑް އަދި އަސޭމިރުސް ފިޔަވައި ދެން ހުރި ހުރިހާ އެއްޗެއް މިކްސަރަކުން ރަނގަޅަށް އެކުލަވައި މުގުރާލާށެވެ. އެއަށްފަހު، ފަހަރަކު އެތިކޮޅަކުން ތެޔޮ އަޅަމުން މިކްސަރުން އެކުލަވަމުން ދާށެވެ. ހުރިހާ ތެޔޮ އެއްކޮށް އަޅައި، ސޯސް ގަނޑު ކްރީމީ ވުމުން ތައްޓަކަށް އަޅާލުމަށްފަހު މަޔޮނައިޒް އާއި، ކްރީމް ޗީޒް ސްޕްރެޑް އަދި އަސޭމިރުހާއި އެކުލަވާލާށެވެ. މީރު ޑިޕިންގް ސޯސް ގަނޑެއް އެހުރީ ތައްޔާރު ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355