twitterviber whatsapp telegramfacebookyoutube instagram
27th July 2024

ހިނިތުންވުމާއި އޯގާތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ދިނުމަށް ސިވިލްސާވެންޓުންގެ ކިބައިން އެދިވަޑައިގެންފި

ނަބީލާ އިސްމާޢީލް
Jun 9, 2024

ރައްޔިތުންނަށް ހިދުމަތް ކުރުމަކީ ވަރަށް ކެތްތެރިކަމާއި ހިކުމަތްތެރިކަމާއި ކަމަށް ކަމޭ ހިތުމާއެކު އަދާކުރަންޖެހޭ ބުރަ ޒިންމާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ 4 ވަނަ ދިވެހި ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރު ހިންގުމުގައި ސިވިލް ސާވިސްއިން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވައި ސިވިލް ސާވިސްގެ އެހީތެރިކަމާ އެއްބާރުލުން ސަރުކާރަށް ބޭނުންވާކަމުގައި ނައިބު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ހިދުމަތްދިނުމުގައި ސިވިލް ސާވިސްގެ ކޮންމެ މުވައްޒަފަކުވެސް ހިނިތުންވުމާއި އޯގާތެރިކަން އިސްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އަދި ކުރިއަރަމުންދާ ޓެކްނޮލޮޖީއާއެކު ޒަމާނާ ގުޅޭގޮތަށް ހިދުމަތްތައް ބައްޓަން ކުރެއްވުމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ހިދުމަތްދިނުންފަދަ ކިޔޫގައި ޖެހެން ނުޖެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހައްލު ހޯދެންހުރި ކަންކަމަށް ހައްލު ހޯދުންފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ސްމާރޓް ގަވަނަންސް ފޯރ ސިވިލް ސާވިސް އެކްސެލެންސް" މި ތީމުގެ ދަށުން މިއަދު ފެށި 4 ވަނަ ދިވެހި ސިވިލް ސާވިސް ކޮންފަރެންސްގައި ޖުމްލަ 3 ދާއިރާއަކުން 15 ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. އަދި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 250 އަށްވުރެ ގިނަ ބައިވެރިވެރިން މި ކޮންފަރެންސްގައި ބައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355