twitterviber whatsapp telegramfacebookyoutube instagram
20th May 2026

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް ވަކިކޮށްފި

Jan 28, 2025

ޓޫރިޒަމް މިނިސްޓްރީގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

ފައިސަލް މިނިސްޓަރުކަމަށް އައްޔަންކުރީ މި ސަރުކާރުގެ ފުރަތަމަ ދުވަހު، ނޮވެމްބަރު 17، 2023 ގައެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ހަވާލުކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ފައިސަލް މަގާމުން ވަކިކުރަން ނިންމި ސަބަބެއް މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355