twitterviber whatsapp telegramfacebookyoutube instagram
8th September 2024

ނަމުރު، އާ އީދު ކުޅިވަރެއް

ނަމުރު މިއީ މިއަހަރު އަލަށް ކުޅުދުއްފުއްޓަށް ތައާރަފްކުރި ކުޅިވަރެއް، މި ކުޅިވަރަކީ މަގުލަސް ކުލަބާއި މިސްގާލް ގުޅިގެން ކުރިއަށްގެންދާ ކުޅިވަރެއް.

އަބްދުލް ވާހިދު ޙަސަން
Jun 12, 2024
1

ކުޅުދުއްފުއްޓަކީ އަބަދުވެސް ވަރަށް ތަފާތުކޮށް ބޮޑު އީދު ފާހަގަކުރާ އެއް ރަށެވެ. ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ނުކުޅޭ ކުޅުދުއްފުއްޓަށް ހާއްސަ އީދު ކުޅިވަރުތަކެއް ހުރެ އެވެ.

އެގޮތުން ރާއްޖޭގެ ރަސްކަން އޮތް ދުވަސްވަރު، ރަދުން ރައްޔިތުންނާ ބައްދަލުކުރުމަށް ރަސްމީކޮށް ވަޑައިގަންނަވާ މަންޒަރާއި ރަނިން ރަނިކަން ކުރެއްވި މަންޒަރުތައްވެސް އީދު ކުޅިވަރުގެ ގޮތުގައި ދައްކާލަ އެވެ. އަދި ގަރުނެއްވީ ކުޅިވަރެއްގެ ކަމަށްވާ ދަމުހިނގުމުގެ ކުޅިވަރަކީވެސް ހަމައެކަނި ކުޅުދުއްފުއްޓަށް ހާއްސަ ކުޅިވަރެކެވެ.

އަދި ގިނަ ބައެއްގެ ސަމާލުކަން ހޯދާ މަށިމާލި ޕެރޭޑަކީ މުޅި ރާއްޖެއަށްވެސް މަޝްހޫރު ޕެރޭޑެކެވެ. މިއީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވެ ބާއްވާ މާލި ޕެރޭޑްވެސްމެ އެވެ. މީގެ އިތުރުން ޒަމާނީ ކުޅިވަރުތަކާއި ސަގާފީ ގިނަ ކުޅިވަރުތަކެއްވެސް ކޮންމެ އަހަރެއްގެ ބޮޑު އީދުގައި ކުޅުދުއްފުށީގައި އޮވެ އެވެ. މިއީ ރައްޔިތުންނާއި ސިޓީ ކައުންސިލާ ގުޅިގެން ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް ފާހަގަކުރާ ދުވަސްތަކެކެވެ.

މިއަހަރު އާ ކުޅިވަރެއް: ނަމުރު

މަގުލަސް ކުލަބާއި މިސްގާލް ގުޅިގެން ރާވާ މި ކުޅިވަރުން ދައްކައިދެނީ ރަސްކަލެއްގެ ދަރިކަލަކު ކުރާ ދަތުރެއްގެ ތެރެއިން ވަކި ހިސާބަކަށް ދެކެވުނުތަނުން އޭނާ ރަހީނުކުރަން "ނަމުރު" ކިޔާ ނުބައި މީހަކާއި އޭނާގެ ބައިވެރިން މަސައްކަތްކުރެ އެވެ. ޖުމްލަކޮށް މިކުޅިވަރުގައި ފެނިގެންދާނީ ރަސްގެފާނުގެ ދަރިފުޅުގެ ގާރޑުންނާއި ނަމުރުގެ ބައިވެރިންނާ ދެމެދު ހިނގައި ކުރިމަތިލުމެކެވެ.

މި ކުޅިވަރު އޮތީ 21 ވާ ހުކުރު ދުވަހުގެ ހަވީރު އިއްޒުއްދީންމަގު (ރަށްމަތިފަންނު ކުރިމަތި)، 50 އެއްހާ މީހުން ބައިވެރިވެ ކުޅޭ މި ކުޅިވަރުގެ ކުރިއަށްދާ ހަރަކާތްތައް އޮތީ "ސަޕްރައިޒް" ގެ ގޮތުގައި އެވެ. ހަމަ ޔަގީންވެސް މި ކުޅިވަރަކީ ތަފާތު ކުޅިވަރަކަށްވާނެކަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355