twitterviber whatsapp telegramfacebookyoutube instagram
18th October 2024

ދައްސޫރަ ގެނެސްދޭ ފަންމާލި ކުޅިވަރުގައި ބޮޑުމަހާއި ހަތްބޯރާހިވެސް އުޅޭނެ

އަބްދުލް ވާހިދު ޙަސަން
Jun 14, 2024

ރައްޔިތުންގެ ގިނަ ބައެއްގެ ބައިވެރިވުން ނެތި އީދު ކުޅިވަރެއް ފުރިހަމައެއް ނުވާނެ އެވެ. އެހެންވެ ދައްސޫރަ ބޮޑުބޮރު ގުރޫޕުން މިއަހަރު ނިންމީ ކުޅުދުއްފުށީގައި "އީދު މާލި" ނަމުގައި މާލި ހިނގުމެއް ބޭއްވުމަށެވެ.

ކުރީގައި އީދު ކުޅިވަރުތަކުގައި ގިނަ އަދަދަކަށް ފަނުން މާލި ތައްޔާރުކޮށް ނެރުނުކަމުގައިވިޔަސް މިފަހުން 'ފަން މާލި" މިރަށުން ފެންނަލެއް މަދެވެ. އީދު ގުޅޭ އަދި ނެތެމުންދާ މިފަދަ މާލި ހިނގާލުމެއްގެ އިންތިޒާރުގައި ތިބި ރައްޔިތުންނަށް ދައްސޫރައިގެ 'އީދު މާލި' ހިނގާލުން ވެގެންދާނީ ހަމަ ޔަގީންވެސް އުފާވެރި ހަރަކާތަކަށެވެ.

މި ހަރަކާތާ ބެހޭ ގޮތުން ދައްސޫރައިގެ ފަރާތުން އަބުދުލްހަމީދު މުހައްމަދު (ހަމިއްޓެ) ބުނީ، މި ހަރަކާތުން ފެނިގެންދާ މާލިތައް ތައްޔާރުކޮށްފައިވާނީ ފަނާއި ކެޔޮފަތް ބޭނުންކޮށްގެން ކަމަށެވެ. މިހަރަކާތުގައި ގާތްގަނޑަށް 40 އެއްހާ މާލި އުޅޭނެ ކަމަށް ހަމީދު ބުންޏެވެ.

އަދިވެސް ހަމަ ކޮންމެ މީހަކަށްވެސް މިހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ. ބޭނުންވާ ފަރާތްތަކުން 7685911 ގުޅުން ހަމަޖެހޭނެ އެވެ.

މި ހިނގާލުން ކުރިއަށްދާނީ ދެ ސަފަކަށް މާލިތައް އެތުރިގެން ތިބޭއިރު ކުރީގައި ދުންއަޅާ މީހެއް ހުންނާނެ އެވެ. ދިގު މާއްޔާއި ހަށްބޯރާހި އަދި މަސް އުޅޭއިރު ފަނުން ތައްޔާރުކޮށްފައިވާ އެހެން މާލިތައްވެސް އުޅޭނެ އެވެ. މި ހަރަކާތް ކުރިއަށްދާނީ 15 ވަނަ ދުވަހު ރޭގަނޑު 20:45 ގަ، އަމީނީމަގު އެވެ.

މި ހަރަކާތަށް މިއަހަރު ލިބޭ ތަރުހީބަށް ބަލާފައި ރަނގަޅު ތަރުހީބެއް ލިބިއްޖެނަމަ އަންނަ އަހަރު ބޮޑު އީދުގައިވެސް މި ހަރަކާތް ބޭއްވުމުގެ ވިސްނުން ދައްސާރައިގައި އެބަ އޮތެވެ.

ފަންމާލި ލައިގެން ގިނަ ވަގުތު ހިނގަން އުނދަގޫވުމުން މި ހިނގާލުން އޮންނާނީ ހަސަނާތު މިސްކިތާއި ސިޓީ ކައުންސިލާ ދެމެދު އަމީނީމަގުގަ އެވެ. އެކަމަކު މާލިތަކުގައި ހަކަތައަށް ބަލާފައި އެއަށްވުރެ ދުރަށްވެސް ހިނގުމުގެ ވިސްނުން ގެންގުޅޭކަމަށް ދައްސޫރައިން މައުލޫމާތުދެ އެވެ. މި ހަރަކާތް ކުރިއަށްގެންދިޔުމުގައި ސިޓީ ކައުންސިލުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355