twitterviber whatsapp telegramfacebookyoutube instagram
12th March 2026

ތިލަދުންމަތީ ފެތުމުގެ މުބާރާތުގައި 16 ސްކޫލަކުން 420 އަށްވުރެގިނަ ދަރިވަރުން ވާދަކުރާނެ

އަބްދުލް ވާހިދު ޙަސަން
Aug 24, 2024

ރާއްޖޭގެ ސްވިމިން އެސޯސިއޭޝަނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން ބާއްވާ ދެވަނަ ތިލަދުންމަތީ އިންޓަ ސްކޫލް ސްވިމިން މުބާރާތް ކުޅުދުއްފުށީގައި ފަށަން ތައްޔާރުވެއްޖެ އެވެ.

މިއަހަރުގެ މުބާރާތުގައި 16 ސްކޫލަކުން 420 އަށްވުރެ ގިނަ ކުދިން ވާދަކުރާނެކަމަށް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ. މިއަހަރުގެ މުބާރާތް ކުރިއަށްދާނީ އޯގަސްޓް 26 - 31 އަށް، ރަށްމަތިފަނުން ސަރަހައްދުގަ އެވެ.

މިއަހަރުގެ މުބާރާތް ކުރިއަށްގެންދަނީ އެ ސަރަހައްދުގެ ސްކޫލްތަކަށް ހުޅުވާލައިގެންނެވެ. އޭގެ އިތުރުން ސްކޫލު ކުދިންގެ ފެތުމުގެ މުބާރާތް ނުބާއްވާ ޒޯންތަކުގެ ސްކޫލްތަކުން ބޭނުންނަމަ ބައިވެރިވެވޭނެކަމަށް އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވާ ސްކޫލްތައް

އަފީފުއްދީން ސްކޫލް
ށ ފުނަދޫ ސްކޫލް
ހަނިމާދޫ ސްކޫލް
މަކުނުދޫ ސްކޫލް
ހއ އަތޮޅު ތައުލީމީ މަރުކަޒު
ށ އަތޮޅު ތައުލީމީ މަރުކަޒު
ޅައިމަގު ސްކޫލް
ނޭކުރެންދޫ ސްކޫލް
ނޮޅިވަރަންފަރު ސްކޫލް
ށ އަތޮޅު މަދަރުސާ
ވަށަފަރު ސްކޫލް
ނައިވާދޫ ސްކޫލް
އިހަވަންދޫ ސްކޫލް
ހދ އަތޮޅު މަދަރުސާ
ހދ އަތޮޅު ތައުލީމީ މަރުކަޒު
ޖަލާލުއްދީން ސްކޫލް

ސްވިމިން އެސޯސިއޭޝަން ބުނީ، މިއަހަރުގެ މުބާރާތުގައިވެސް ތިލަދުންމަތީގެ ސްކޫލްތަކުން ރަނގަޅު ތަރުހީބެއް ލިބިގެންގޮސްފައިވާ ކަމަށެވެ. މިއަހަރުގެ ސްވިމިން އިވެންޓްތައް ކުރިއަށްދާނީ ހެނދުނާއި ހަވީރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355