twitterviber whatsapp telegramfacebookyoutube instagram
8th January 2026

އުރީދޫ 5ޖީ ޖައްސާލައިގެން އޮކިއުލަސް ކުއެސްޓް 3 ހޯދުމުގެ ފުރުސަތު

ނަބީލާ އިސްމާޢީލް
Aug 26, 2024

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ 60 އިންސައްތައަށް 5ޖީ ލިބޭ ގޮތަށް ވަނީ ފުޅާކޮށްފައެވެ. އެގޮތުން 5ޖީގެ ސްޕީޑް ތަޖުރިބާކޮށް ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން އޮކިއުލަސް ކުއެސްޓް 3 ކާމިޔާބު ކުރުމުގެ ފުރުސަތު ލިބޭ މުބާރާތެއް މިހާރު ވަނީ އިއުލާނުކޮށްފައެވެ.

ބައިވެރިވާނެ ގޮތް:

  • ސްޕީޑް ޓެސްޓެއް ކުރުން: އުރީދޫ 5ޖީ ލިބޭ ސަރަހައްދަކުން ސްޕީޑް ޓެސްޓެއް ހެދުން.
  • ސްކްރީންޝޮޓް: ސްޕީޑް ޓެސްޓުގެ ނަތީޖާގެ ސްކްރީންޝޮޓެއް ނެގުން
  • ސޯޝަލް މީޑިއާގައި ޝެއާ ކުރުން: ފޭސްބުކް، އިންސްޓަގްރާމް ނުވަތަ ޓްވިޓާ އަށް ޕޯސްޓު ކޮށްލާ. ޕޯސްޓު ކުރާއިރު ހޭޝްޓެގް
  • #5Gjassaalaa ބޭނުންކޮށް @ooredoomaldives ޓެގްކޮށްލާ
  • ބައިވެރިވުމުގެ ސުންގަޑި: 19 އޮކްޓޯބަރ 2024، 23:59

އުރީދޫން ބުނީ މިކަމުގައި ބައިވެރިވުމުން އުރީދޫ 5ޖީގެ ސްޕީޑް ތަޖުރިބާ ކުރުމުގެ އިތުރުން އޮކިއުލަސް ކުއެސްޓް 3 ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. އުރީދޫގެ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ނަސީބުވެރިޔާ ހޮވާނީ ގުރުއަތުލައިގެންނެވެ.

އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން މިދަނީ ޓެކްނޮލޮޖީ އާއި އެންމެ ފަހުގެ ވަސީލަތްތަކާއެކު ރާއްޖޭގެ ރައްޔިތުން ގުޅާލުމަށެވެ. އުރީދޫގެ 5ޖީ ނެޓްވޯކުން ރާއްޖޭގެ 60 އިންސައްތަ މިހާރު ކަވަރުކުރެވިފައި އޮތުމުން، ހަލުވި ސްޕީޑްގެ އިންޓަނެޓް، ކުރިއަށްވުރެ ބޮޑަށް އަޅުގަނޑުމެން މިދަނީ ފޯރުކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355