twitterviber whatsapp telegramfacebookyoutube instagram
6th October 2024

އުރީދޫގެ ސަބްސިޑަރީ ޓެކްފިންއަށް އެމްއެމްއޭއިން ޕީއެސްޕީ ލައިސަންސް ދޫކޮށްފި

ނަބީލާ އިސްމާޢީލް
Oct 3, 2024

އުރީދޫގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ޕޭމަންޓް ސާވިސް ޕްރޮވައިޑާ (ޕީއެސްޕީ) ލައިސަންސް ރަސްމީކޮށް ދޫކޮށްފިއެވެ.

އުރީދޫން ބުނީ، ޓެކްފިން މޯލްޑިވްސްއަށް ލައިސަންސް ލިބުމުން، އުރީދޫގެ ޑިޖިޓަލް ވޮލެޓް އެމް-ފައިސާއާއި ރެމިޓެންސްގެ ހިދުމަތްތައް ޓެކްފިންގެ ދަށުން މިހާރު މެނޭޖު ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން، މިއީ އުރީދޫގެ ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އެންމެ ޒަމާނީ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި ގެންގުޅޭ ސްޓްރެޓެޖީއާ ގުޅިފައިވާ ފިޔަވަޅެއް ކަމަށް އުރީދޫން ބުނެފައިވެއެވެ.

އެމް-ފައިސާ ޕްލެޓްފޯމްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މާލީ މުއާމަލާތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެވިފައިވާ ކަމަށް އުރީދޫއިން ބުނެއެވެ. އެގޮތުން، އެ ޕްލެޓްފޯމް މެދުވެރިކޮށް ފައިސާ ދައްކައި ޓްރާންސްފާ ކުރުމުގެ އިތުރުން ރެމިޓެންސްގެ ޚިދުމަތް ހޯދުމުގައި ހަރުދަނާ މަގެއް ފަހިކޮށްދެވިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމް-ފައިސާ މެދުވެރިކޮށް ބިލްތަކާއި ޕެޓްރޯލް ޝެޑްގެ ޕޭމަންޓު ދެއްކުމާއި ގިނަ ފިހާރަ އަދި ކެފޭތަކެގައި ވެސް ފައިސާގެ މުއާމަލާތް ކުރެވޭނެއެވެ. އަދި، ބަނޑޭރިޕޭގެ ތެރޭގައި ވެސް އެ ޕްލެޓްފޯމް ވަނީ ހިމަނައިފައެވެ.

މި ޚިދުމަތްތައް ޓެކްފިން މޯލްޑިވްސްގެ ދަށަށް ބަދަލުކޮށް، ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމާއި ހަރުދަނާ ޑިޖިޓަލް ފައިނޭންޝަލް އިކޯސިސްޓަމެއް ގާއިމުކުރުމަށް މަސައްކަތް ކުރާކަން އެކުންފުނިން ފާހަގަކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355