twitterviber whatsapp telegramfacebookyoutube instagram
22nd October 2024

ކަށީގެ ޑރ ރައްޒާން ކުޅުދުއްފުށީ ހާޖީ މެޑިކަލް ކުލިނިކަށް

ނަބީލާ އިސްމާޢީލް
Oct 19, 2024

ކަށީގެ ހާއްސަ ޑރ މުހައްމަދު ރައްޒާން ރަމީޒް ކުޅުދުއްފުށީ ހާޖީ މެޑިކަލް ކުލިނިކްގައި ބަލި މީހުން ބަލާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކަށީގެ ހާއްސަ ޑޮކްޓަރ މުހައްމަދު ރައްޒާން ރަމީޒް އެ ކްލިނިކްގައި ބަލި މީހުން ބެލުމަށް ހަމަޖެހިފައިވަނީ 24 އަދި 25 ވަނަ ދުވަހު އެޕޮއިންޓްމެންޓް ހެއްދެވުމަށާއި އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 6528181 ނަންބަރަށް ގުޅުން އެދެމެވެ.

އަދި މީގެ އިތުރުން 7328181 ނަންބަރަށް ވައިބާކޮށްގެންވެސް މައުލޫމާތު ސާފުކުރެވޭނެ އެވެ.

ޑރ މުހައްމަދު ރައްޒާން ރަމީޒު ފަރުވާ ދެއްވާ ދާއިރާތައް:

ކަނދުރާ އާއި މައިބަދަ، ހުޅުތަކުގައި ރިއްސުމާއި އަތްފައި އައްސިވުމުގެ އިތުރުން ކުޅިވަރު ކުޅުމުގެތެރޭގައި ލިބޭ އަނިޔާތަކަށް ފަރުވާދެއްވުމާއި، ކޮނޑުހުޅުގެ އަނިޔާތަކާއި ކަށީގެ އެހެނިހެން ބަލިތަކަށް ފަރުވާކުރައްވާނެ އެވެ.

އެޕޮއިންޓްމެންޓް ނޯޓް ކުރުން ކުރިއަށް ދާނީ ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު:

ހެނދުނު 12:00-9:00
މެންދުރުފަހު 16:00-13:00
ރޭގަނޑު 22:00-20:00

ދަތުގެ ފަރުވާއަށް ހާއްސަކޮށް ކުޅުދުއްފުށީގައި ހުޅުވި ހާޖީ މެޑިކަލް ކުލިނިކްގައި ދަތުގެ ތަފާތު ހިދުމަތްތަކުގެ އިތުރުން ވިޒިޓިން ޑޮކްޓަރުންގެ ހިދުމަތްވެސް އަންނަނީ ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355