twitterviber whatsapp telegramfacebookyoutube instagram
27th June 2026

އުރިދޫގެ ލަކީ ޑްރޯއިން ހޮވުނު ނަސީބުވެރިން ދޯހާ މެރެތަންއަށް ފުރައިފި

Jan 19, 2025

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ ފުރުސަތު ލިބުނު ނަސީބުވެރި ކަސްޓަމަރުން މެރަތަންއަށް ދިޔުމަށްޓަކައި ދޯހާއަށް ފުރާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދޯހާ މެރެތަންގައި ދުވުމުގެ ފުރުސަތު ލިބުނީ އޫރީދޫގެ 2 ކަސްޓަމަރުން ނަށެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު ދޯހާގައި ކުރިއަށްދާ ދޯހާ މެރެތަން އަށް ފުރީ ކަސްޓަމަރުންގެ ލަކީ ޑްރޯއިން ހޮވުނު މުހައްމަދު އަޒުހަދު އަހުމަދު އަދި ތާރިގު މުހައްމަދު ރަޝީދެވެ. އަދި އުރީދޫ ސްޓާފުންގެ މެދުގައި ނެގުނު ލަކީޑްރޯއިން ހޮވުނު ހަމްޒީނާ ފުއާދު އަދި ހުސައިން ފަރާޒު މުހައްމަދެވެ.

ވާލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލް ހޯދައިފައިވާ ދޯހާ މެރެތަންގައި، މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 15000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެއެވެ. ވާލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލް އާއެކު ދޯހާ މެރެތަންގައި ދުވެގެން އެހެން މަގުބޫލު މެރެތަންތަކަށް ދިޔުމަށް ކޮލިފައި ވާނެއެވެ.

އުރީދޫ މޯލްޑިވްސްގެ ފަރާތުން ދޯހާ މެރެތަންގައި ބައިވެރިވާ ކަސްޓަމަރުންނާއި ސްޓާފުންނަށް ވަނީ ކާމިޔާބީއަށް އެދިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355