twitterviber whatsapp telegramfacebookyoutube instagram
1st June 2025

އުރީދޫގެ ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތުގެ ފުރަަތަމަ 2 ނަސީބުވެރިން ހޮވައިފި

Feb 3, 2025

ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫން ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތުގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދާއިރު، މިހާތަނަށް ދެ ނަސީބުވެރިން ހޮވައިފިއެވެ.

މިއީ ކޮންމެ ހަފުތާއަކު އަގުހުރި އިނާމެއް ލިބޭގޮތަށް ބާއްވާ ހާއްސަ ލަކީ ޑްރޯއެކެވެ. މި ލަކީ ޑްރޯގައި ފުރަތަމަ ދެ ނަސީބުވެރިން ހޮވާފައިވާއިރު. އަދި ކުރިއަށްވެސް ގިނަ އިނާމުތަކެއް ކަނޑައެޅިފައި ވެއެވެ.

މި ލަކީޑްރޯގައި ބައިވެރިވެވޭނީ ހަމައެކަނި ރެހެންދި ޓާފުގައި ބަހައްޓާފައިވާ އުރީދޫ ޓެންޓުން އުރީދޫގެ ހިދުމަތެއް އެކްޓިވޭޓް ކޮށްގެންނެވެ. ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ނުވަތަ ސުޕަނެޓް ކަނެކްޝަނެއް އެކްޓިވޭޓްކޮށް، ނުވަތަ އެއާފައިބާ ޕެކޭޖެއް ގަނެގެން ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ގޯލްޑަން ފުޓްސަލް ރަނުގޭ ފުރުސަތު ލަކީ ޑްރޯގައި ކޮންމެ ހަފުތާއަކު ވެސް ތަފާތު އިނާމުތައް ލިބޭއިރު، އޭގެ ތެރޭގައި ހިމެނެނީ:

• ސްމާޓް ޓީވީއެއް
• ރެފްރިޖަރޭޓަރެއް
• ސޯފާ ސެޓެއް
• މައިކްރޯވޭވް އަވަން
• ސްރީލަންކާއަށް ދެ ރިޓާން ޓިކެޓް

ގޯލްޑަން ފުޓްސަލް ޗެލެންޖް ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހާ ހަމައަށް މެޗުތައް ކުރިއަށްދާއިރު، ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި ޚިދުމަތް ދިނުމަށް ސްޓާފުން ހަރަކާތްތެރިވަމުންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355