twitterviber whatsapp telegramfacebookyoutube instagram
20th March 2025

8 ޓީމާއެކު ކުލަބް ކޮރަލްސް ރަމަޟާން ފުޓްސަލް ޗެލެންޖް ފަށައިފި

Mar 19, 2025

8 ޓީމާއެކު ކުލަބް ކޮރަލްސް ރަމަޟާން ފުޓްސަލް ޗެލެންޖް ފަށައިފި އެވެ.

މި މުބާރާތަކީ ކުލަބް ކޮރަލްސްއިން މި ކުލަބުގެ މެންބަރުންނާއި، ކުޅުންތެރިންނާއި، އަދި އެކި އެކި ގޮތްގޮތުން ކުލަބަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތްތަކަށް އަމާޒުކޮށްގެން މި ކުލަބުން ބާއްވާ މުބާރާތެކެވެ.

މި މުބާރާތް އެ ކުލަބުން ބާއްވަނީ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ފުޓްސަލް ކުރިއެރުވުމާއި، ފުޓްސަލް ކުޅޭ ކުޅުންތެރިން އުފެއްދުމާއި، ކުޅިވަރާއި ކަސްރަތުގެ ރޫޙް އާލާކޮށް ސިއްޙީ ގޮތުން ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްސަދުގައި އެ ކުލަބުން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި އެ ކުލަބުގެ ފަރާތުން ވަނީ މުޖުތަމަޢުއަށް ފައިދާހުރި އިޖްތިމާޢީ ޝިޔާރެއް ޕްރޮމޯޓް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މި އަހަރު އެ ކުލަބުން ކަނޑައަޅާފައިވާ ޝިޔާރަކީ "ކިކް އައުޓް ޑްރަގް އެބިއުސް" އެވެ. މިއީ ކުޅުދުއްފުށީގެ އަދި ދިވެހިރާއްޖޭގެ މުޖުތަމަޢުއަކީ މަސްތުވާތަކެތިން ރައްކާތެރިވެފައިވާ މުޖުތަމައުއަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ކަނޑައަޅާފައިވާ ޝިޔާރެކެވެ.

އެގޮތުން ކޮންމެ ދުވަހަކު ވެސް ކުޅެވޭ ދެ ޓީމު މި ޝިޔާރާއި އެކު ފޮޓޯ ނެގުމުގެ އިތުރުން މިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން ކުރިއަށް ދާނެއެވެ.

މިއަހަރުގެ މުބާރާތުގައި 90 ކުޅުންތެރިން ބައިވެރިވި އެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތު ފެށުމަށް އަންގާރަދުވަހު ކުޅުނު މެޗު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދެވެ.

މި މެޗު ފެއްޓެވުމުގެ ގޮތުން ޑެޕިއުޓީ މޭޔަރު ދެއްކެވި ވާހަކަފުޅުގައި މުބާރާތެއްގައި މުޖުތަމަޢުއަށް ފައިދާހުރި އިޖްތިމާޢީ ޝިޔާރެއް ޕްރޮމޯޓް ކުރުމާއި ކުޅިވަރާއި ކަސްރަތުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މި މެޗު ފެއްޓެވުމުގެ ގޮތުން ޑެޕިއުޓީ މޭޔަރު ދެއްކެވި ވާހަކަފުޅުގައި މުބާރާތެއްގައި މުޖުތަމަޢުއަށް ފައިދާހުރި އިޖްތިމާޢީ ޝިޔާރެއް ޕްރޮމޯޓް ކުރުމާއި ކުޅިވަރާއި ކަސްރަތުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މި މުބާރާތް ފެށުމުގެ ގޮތުން މި މުބާރާތަކީ ކާމިޔާބު ކުޅުންތެރިންނަށް ރައްކާތެރި މުބާރާތެއް ކަމުގައި ހައްދަވައި ދެއްވުން އެދި ހާއްސަ ދުޢާއެއް ކުރުން ވެސް ކުރިއަށް ދިޔައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޔަންގ ބޯއީސް އަދި ފިއުޝަން އެފްސީ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 4-4 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އަހްމަދު މުހައްމަދު (ބަހީ އައްމަޑޭ) އެވެ.

އިއްޔެގެ ދެވަނަ މެޗުގައި އަމީގޯސް އެސްސީ އާޢި ގްރީން ސްޓޯން ބައްދަލުކުރި މެޗު 3-6 ލަނޑުން ކާމިޔާބުކުރީ ގްރީން ސްޓޯން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ގްރީން ސްޓޯންގެ އަސްވަދު ރަޝީދެވެ.

މި މުބާރާތަކީ ކުލަބް ކޮރަލްސްއިން މި ކުލަބުގެ މެންބަރުންނާއި، ކުޅުންތެރިންނާއި، އަދި އެކި އެކި ގޮތްގޮތުން ކުލަބަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތްތަކަށް އަމާޒުކޮށްގެން މި ކުލަބުން ބާއްވާ މުބާރާތެކެވެ. މީގެ ކުރިން މި މުބާރާތް އެކި އެކި ފޯމެޓްތަކަށް ވަނީ ބާއްވާފައެވެ. އެގޮތުން މި މުބާރާތް ފެށިގެން އައީ ރަމަޟާން މަސް ނިމުމަށް ފަހު ހަ ރޯދަ ތެރޭގައި ކުޅެވެމުން އައި ސިކްސް އަ ސައިޑް މުބާރާތެއް ގޮތަށެވެ. އަދި މި މުބާރާތް ފުޓްސަލް މުބާރާތަކަށް ބަދަލުކޮށް ކުޅުދުއްފުށީގައި އެންމެ ފުރަތަމަ ފުޓްސަލް މުބާރާތެއް އިންތިޒާމް ކުރީ ވެސް ކުލަބް ކޮރަލްސްއިންނެވެ.

މި މުބާރާތުގައި މި އަހަރު ޖުމްލަ 8 ޓީމެއްގައި 90 ކުޅުންތެރިން ވާދަކުރެއެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭ މި މުބާރާތް ކުރިއަށް ދަނީ މާރިޗު 18 އިން މާރިޗު 25 ގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355