twitterviber whatsapp telegramfacebookyoutube instagram
1st April 2025

ކުޅުދުއްފުށީ ކަނބަލުންގެ މަސްރޭހަށް ބޮޑު ތަރުހީބެއް

Mar 27, 2025

ކުޅުދުއްފުށީ އަންހެންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބާއްވާ ' ކަނބަލުންގެ މަސްރޭހަށް' ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އަންހެނުންގެ ދުވަހާ ގުޅުވައި ބާއްވަމުން އަންނަ މި މަސްރޭސް މިއަހަރު އޮންނާނީ ފިތުރު އީދު ދުވަހު އެވެ. މިއަހަރު މި މުބާރާތުގައި 16 ޓީމު ވާދަކުރާނެ އެވެ.

މިއީ މި މުބާރާތް ބާއްވަމުން އަންނަތާ ހަތަރުވަނަ އަހަރެވެ. މިއަހަރުގެ މަސްރޭހުގެ އިންތިޒާމުތައް ހަމަޖައްސަން ހަވާލުކޮށްފައިވަނީ ޑީޕް ފިއުޝަން ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

ކޮންމެ އަހަރަކުވެސް ވަރަށް ފޯރިގަދަކޮށް ކުރިއަށްދާ މި މުބާރާތް މިއަހަރުވެސް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ލައިވް ބޮޑުބެރާއެކު އީދު ދުވަހުގެ ރެ އެވެ.

މުބާރާތުގައި ހޮވަން ހަމަޖެހިފައިވާ މަގާމުތައް:

- ޗެމްޕިއަން ޓީމް
- ރަނަރަޕް ޓީމް
- ތިންވަނަ ޓީމް
- އެންމެ ގިނަ މަސްބާނާ ' މުބާރާތުގެ މަސްވެރިޔާ'.
- އެންމެ ބަރު މަސް ބާނާ ފަރާތް
- އެއްވަނަ އަންހެން ކެޔޮޅު
- އެންމެ ގިނަ މަސްބާނާ އެންމެ ޒުވާން މަސްވެރިޔާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355