twitterviber whatsapp telegramfacebookyoutube instagram
31st May 2026

އުރީދޫއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި

Apr 28, 2025

އުރީދޫއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި އެވެ. އުރީދޫއިން ބުނީ، އެޕަލް ވޮޗް ގެންގުޅުއްވާ އުރީދޫ ކަސްޓަމަރުންނަށް މިހާރު އެޕަލް ވޮޗް ސެލިއުލަރ ސަރވިސްގެ ދަށުން އުރީދޫ އީސިމްގެ ހިދުމަތް ބޭނުންކުރެވޭނެ ކަމަށެވެ.

އުރީދޫ އީސިމް ވެއާރަބަލްސް ގެ ހިދުމަތް އެޕްލް ވޮޗް ގެންގުޅުއްވާ ފަރާތް ތަކަށް ތައާރަފުކޮށްފާވާއިރު، މިހާރު ކުރިއަށް ދާ ހާއްސަ އޮފަރ ގެ ދަށުން ހިދުމަތް ނަގައި ފަރާތްތަކަށް ހަ މަސް ދުވަހުގެ ހިލޭ އެޕަލް ވޮޗް ސެލިއުލާ ހިދުމަތް ލިބޭނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

މި ހާއްސަ އޮފަރ ގެ މުއްދަތަށް ފަހު މަހަކު 200 ރުފިޔާއަށް ހިދުމަތް ލިބޭނެ ކަމަށާއި ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް މި ހިދުމަތް ހުޅުވާލާފައިވާއިރު، ހިދުމަތް ނަގައި ފަރާތްތަކަށް ކައިރީގައި އައިފޯން ނެތްކަމުގައި ވިޔަސް ސީދާ އެޕަލް ވޮޗުން ކޯލް ކުރެވޭނެ ކަމަށެވެ.

އެޕަލް ވޮޗް ސީރީޒް 10، އެޕަލް އަލްޓްރާ 2 އަދި އެޕަލް ވޮޗް އެސްއީ ފަދަ އެޕަލް ވޮޗް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ އިތުބާރު ކުރެވޭ ރީޓެއިލް ޕާޓްނަރުންނާ ގުޅިގެން މޫލީ މެދުވެރިކޮށް ބައްލަވައިގަނެވޭނެ އެވެ.

މިކަމަށް ޝަރުތު ހަމަވާ މޮޑެލްތަކުގެ ތަފްސީލް ހޯދުމަށް https://ore.do/applewatch ޒިޔާރާތްކުރުމުން އިތުރު މައުލޫމާތު ސާފުވާނެކަމަށް އުރީދޫ އިން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355