twitterviber whatsapp telegramfacebookyoutube instagram
14th October 2025

އަތޮޅު ފެންވަރުގައި އިސްރަށްވެހިންގެ ދުވަސް ނޮޅިވަރަންފަރުގައި ފާހަގަކުރަނީ

މި އިސްރަށްވެހިންގެ ހަވީރު ކުރިއަށްދާނީ އިހު ޒަމާނުގައި ދިވެހިންގެ ކޮށް އުޅުނު ތާރީހީ ހަރަކާތްތަކުގެ މައްޗަށް އަލިއަޅުވާލާއި ކުރިއަށްގެންދާ ސަގާފީ ހަރަކާތްތަކާއެކު.

އަބްދުލް ވާހިދު ޙަސަން
Sep 30, 2025

މިއަހަރުގެ އިސްރަށްވެހިންގެ ދުވަސް އަތޮޅު ފެންވަރުގައި ނޮޅިވަރަންފަރުގައި ބާއްވަން ނިންމައިފި އެވެ.

ހދ. ފެމެލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރާއި ދިވެހި ރެޑްކުރެސެންޓް އާއި ނޮޅިވަރަންފަރު ކައުންސިލާއި އެރަށުގެ މުއައްސަސާތައް ގުޅިގެން ބާއްވާ މި އިސްރަށްވެހިންގެ ހަވީރު އޮންނާނީ 3 އޮކްޓޯބަރު ވާ ހުކުރުދުވަހު އެވެ.

ނޮޅިވަރަންފަރުގައި ބާއްވާ މި އިސްރަށްވެހިންގެ ހަވީރު މިފަހަރު ކުރިއަށްދާނީ އިހު ޒަމާނުގައި ދިވެހިންގެ ކޮށް އުޅުނު ތާރީހީ ހަރަކާތްތަކުގެ މައްޗަށް އަލިއަޅުވާލާއި ކުރިއަށްގެންދާ ސަގާފީ ހަރަކާތްތަކާއެކު އެވެ.

ނޮޅިވަރަންފަރުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގައި ނޮޅިވަރަންފަރު ކައުންސިލްގެ އިތުރުން، ކޯޓް، ހެލްތު ސެންޓަރު، ފެނަކަ، ޕޮލިސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ، ސްކޫލް އަދި ބީއެމްއެލް ބައިވެރިވެ އެވެ. އަދި މީގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގެ ފަރާތުން މި ހަރަކާތުގައި ބައިވެރިވެ އެވެ.

މި ހަރަކާތުގައި ފެނިގެންދާ ސަގާފީ ހުށަހެޅުންތަކުގެ ތެރޭގައި މިސްގާލް ބޮޑުބެރު ގްރޫޕްގެ ހުށައެޅުންތަކުގެ އިތުރުން، ބޮޑުމާލޫދު، ބޮޑުތަދު، އިހުގެ އެއްދުވަސް، ފިރިހެނުންގެ ދަފި ނެގުމާއި ދެކުނު ގަނޑުބަނޑު ފަދަ ހަރަކާތްތައް ހިމެނެ އެވެ.

ހދ ޗިލްޑްރެންސް ސާރިވިސް ސެންޓަރާ ދިވެހި ރެޑްކުރެސެންޓް އާއި މުއައްސަސާތައް ގުޅިގެން މިދިޔަ އަހަރު އަތޮޅު ފެންވަރުގައި އިސްރަށްވެހިންގެ ދުވަސް ފާހަގަކޮށްފައިވަނީ ހދ. ނެއްލައިދޫގަ އެވެ.

އަތޮޅު ފެންވަރުގައި އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ނެއްލައިދޫގައި 2024 ވަނަ އަހަރު ގެންދިޔަ ހަރަކާތް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355