ޓޫރިސްޓް ހޮޓާ ތަރައްގީކުރުމަށް ހދ ނޮޅިވަރަންފަރުން 12 ބިން ކުއްޔަށް ދޫކުރަން ނޮޅިވަރަންފަރު ކައުންސިލުން ހުޅުވާލައިފި އެވެ.
ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ފަތުރުވެރިކަން ތަރައްގީކުރަން ކަނޑައަޅާފައިވާ ބިންތަކުން ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން 12 ބިމެއް ކުއްޔަށް ދޫކުރަން ވަނީ ހުޅުވާލާފަ އެވެ. އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 27 ނޮވެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ވަރޗުއަލްކޮށް (ޓީމްސް މެދުވެރިކޮށް) ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 25 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެ ކައުންސިލަށް ނުވަތަ މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް އަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް އެދޭ ކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ގާތްގަނޑަށް 15 މިނެޓުން ދެވޭހާ ކައިރީގައި އޮންނަ ނޮޅިވަރަންފަރަކީ ހިތްގައިމު ރީތި މޫދަކާއި ހުދު ގޮނޑުދޮށެއް ލިބިފައިވާ ރީތި ރަށެކެވެ.




