twitterviber whatsapp telegramfacebookyoutube instagram
9th January 2026

ކުޅުދުއްފުށި އޮތީ ރައީސްގެ މަސައްކަތަށް ވަރަށް ބޮޑަށް އެއްބާރުލުންދޭ ގޮތަށް: މެންބަރު

Jan 8, 2026
1

ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން ތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅަށް ވަރަށް ބޮޑަށް އެއްބާރުލުންދޭ ގޮތަށް ކަމަށް އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ދާއޫދު (ޑޭވިޑް) ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ އޮފީސް ހުޅުވުމުގެ ހަރަކާތާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ވިދާޅުވީ ދާއިރާގެ ހުރިހާ ރައްޔިތުން ވެސް ތިބީ ގައުމިއްޔަތުގެ ވިސްނުމާއި ފިކުރުގައި ރައީސް ކުރައްވާ މަސައްކަތްތަކާ އެކު ކަމަށެވެ.

"ރާއްޖެއަށް މި ގެންނަ އިސްލާހީ ހެޔޮ ބަދަލުތަކަށް ވަރަށް ބޮޑަށް އެއްބާރުލުންދޭ ގޮތަށް ރައްޔިތުން ތިބީ. އަދި ކައުންސިލް އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ވުމުގައި ދާއިރާގައި ވެސް ވަރަށް ފޯރިއާ އެކު އެބަ ކުރިއަށްދޭ،" ދާއޫދު ވިދާޅުވި އެވެ.

އުތުރުގެ ރައްޔިތުންނަކީ އިސްލާހަށް އަދި ގައުމިއްޔަތަށް ވަރަށް ބޮޑަށް ލޯބިކުރާ އެ ޖޯޝްހުރި ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީއެންސީގެ ފަރާތުން މިފަހަރު މާލެ ސިޓީގެ މޭޔަރު ކަމަށް ނުކުންނަވާ މޫސާ އަލީ ޖަލީލަކީ ކުޅުދުއްފުއްޓާ ވަރަށް ބޮޑަށް ގުޅިފައިވާ ބޭފުޅެއް ކަމަށެވެ. އެގޮތުން، ކުޅުދުއްފުށީގެ ފަހުރު ކަމަށްވާ ޝަހީދު ހުސެއިން އާދަމްއާ ވަރަށް ގާތް ބޭފުޅެއް ކަން ފާހަގަކުރެއްވި އެވެ.

ޕީއެންސީގެ ފަރާތުން ކައުންސިލް އިންތިހާބަށް ކުޅުދުއްފުށިން ނުކުންނަ ކެންޑިޑޭޓުން މިހާތަނަށް ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ. ނަމަވެސް، ޕީއެންސީން ބޭއްވި ޕްރައިމަރީ ކުޅުދުއްފުށީގައި ކުރިއަށް ނުދެ އެވެ. އެހެންކަމުން، މިހާރު ކެންޑިޑޭޓުން ތިބީ ފައިނަލްވެފައި ކަމަށް ބެލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355