twitterviber whatsapp telegramfacebookyoutube instagram
12th May 2026

ކުޅުދުއްފުއްޓަށް އިންވެސްޓްމެންޓްތައް ގެނެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ސަފީރާ މަޝްވަރާކޮށްފި

May 12, 2026

ކުޅުދުއްފުއްޓަށް އިންވެސްޓްމެންޓްތައް ގެނެއުމާ ގުޅޭ ގޮތުން އިންޑިއާގެ ހައިކަމިޝަނަރ ސްރީ ޖީ. ބާލަސްބުރައަމަނިއަންއާ ބައްދަލުކުރައްވާ މަޝްވަރާކުރެވިފައިވާ ކަމަށް ކުޅުދުއްފުށީ ސިޓީ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

އާތިފް ވިދާޅުވީ ހައިކަމިޝަނަރ އާއި އެކުވެވުނު މި ބައްދަލުވުމުގައި ކުޅުދުއްފުއްޓަށް އިންވެސްޓްމަންޓްތައް ގެނައުމަށް ހުރި ފުރުސަތުތަކާއި، ބައިނަލްއަގްވާމީ ވިޔަފާރީގެ މުއާމަލާތްތައް އިތުރު ކުރެވޭނެ ގޮތްތަކާއި، ރާއްޖޭގެ އުތުރުގެ ރަށްތަކުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ދެފަރާތް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

މިދިޔަ ހަފުތާގައި މާލޭގައި ބޭއްވުނު މި ބައްދަލުވުމުގައި، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފްގެ އިތުރުން ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އާދަމް ބައިވެރިވެވަޑައިގެންނެވި އެވެ.

"އިންޑިއާގެ އެކި ސްޓޭޓްތަކުގައި ތަފާތު ސިނާއަތްތައް ތަރައްޤީވެ ބޮޑެތި އިޤްތިސާދީ ކުރިއެރުންތައް ހޯދަމުންދާ ދިއުމުގެ ސިއްރަކީ ކޮބާތޯ ހައިކަމިޝަނަރގެ އަރިހުން އަހާލީން" އާތިފް ވިދާޅުވީ އެވެ.

އާތިފް ވިދާޅުވީ ކޮމިޝަނަރގެ ޖަވާބަކަށްވީ، ބާރުތައް ދޫކޮށްލުމާއި، އިޤްތިސާދީ މިނިވަންކަން ދިނުން ކަމަށެވެ.

އިތުރަށް އާތިފް ވިދާޅުވީ އެތަނެއްގެ ވަޒަންވެރީން ބޭނުންވާ ގޮތަކަށް އެތަނެއްގެ ކަންކަން ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމަކީ ނަތީޖާއެއްގެ ގޮތުން ސްޓޭޓްތަކުގެ މެދުގައި ވާދަވެރިކަން އުފެދި، ވަކި ވަކި ސްޓޭޓްތަކުންނާއި ސިޓީތަކުން އިންވެސްޓްމެންތައް ހޯދުމަށް މަސައްކަތް ފަށައިގަނެ ބޮޑެތި ކާމިޔާބީތައް ހޯދުކަމުގައި ކޮމިޝަނަރ ވިދާޅުވި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355