twitterviber whatsapp telegramfacebookyoutube instagram
8th June 2026

މައިކަލް ޖެކްޝަންގެ އާ ޑޮކިއުމެންޓްރީ ބަލާނެ މީހަކު ނުވި

ޚަދީޖާ އާދަމް
Jun 8, 2026

ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފެއްދި މައިކަލް ޖެކްޝަން: ދަ ވާޑިކްޓް އިއްޔެ ވަނީ ނެޓްފްލިކްސްއިން ރިލީޒްކޮށްފައެވެ.

މި ފިލްމު ބިނާކޮށްފައިވަނީ 2005 ވަނަ އަަހަރު އޭނާގެ މައްޗަށް ކުރެވުނު ކުޑަކުދިންނަށް ޖިންސީ ގޯނަ ކުރިކަމުގެ ތުހުމަތާ، ޝަރީއަށް ކުރިއަށް ދިޔަގޮތުގެ މައްޗަށެވެ. އެއަހަރުގެ އެންމެ ބޮޑު ކްރިމިނަލް ޓްރެއަލްގެ ގޮތުގައި ފާހަގަ ވެގެންދިޔަ މި މައްސަލާގެ ޝަރީއަށް ނިމިފައިވަނީ މައިކަލް ޖެކްޝަންއާ އެއްކޮޅަށް ކުށް ސާބިތު ނުވެއެވެ.

ފިލްމަށް މިހާތަނަށް ލިބިފައިވަނީ 2.6 ގެ ރޭޓިންނެކެވެ. ފިލްމް ކްރިޓިކުންވެސް މި ފިލްމަށް ދީފައިވަނީ ނެގެޓިވް ރިވިއުއެކެވެ. އެގޮތުން މި ފިލްމަކީ އެއްވެސް އޮއްޓަރެއްނެއް، އަވަސް އަރުވާލައިގެން ހަދާފައިވާ ފިލްމެއްކަމަށާއި މި ފިލްމުން އޯޑިއެންސަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތްކަމަށް ވަނީ ބުނެފައިވެއެވެ.

މާރޓިން މެގަޒިނުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލްމު ރިލީޒް ކުރުމާއެކު #ކެންސަލްނެޓްފްލިކްސް ގެ ނަމުގައި މިހާރު ކެމްޕެއިނެއްވެސް ފަށާފައިވާކަމަށާއި، ފިލްމު ނެޓްފްލިކްސްއިން ނެގުމަށް ގޮވާލަމުން ދާކަމަށެވެ. މި ޑޮކިއުމަންޓަރީ ރިލީޒްކޮށްފައި މިވަނީ ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި "މައިކަލް" ބަޔޯޕިކް ސިނަމާތަކުގައި ބޮޑު ކާމިޔާބީއެއް ހޯދަމުންދާ ދަނޑިވަޅެއްގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355