twitterviber whatsapp telegramfacebookyoutube instagram
17th September 2024

'ކަމަނާ' އަށް ކުޅުދުއްފުށިން ބޮޑު ތަރުހީބެއް، ހުރިހާ ޝޯއެއް ފުލްވެއްޖެ

އަބްދުލް ވާހިދު ޙަސަން
Sep 5, 2024
1

ދިވެހި ފިލްމު 'ކަމަނާއަށް ކުޅުދުއްފުށިންވެސް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ޝޯ އަޅުވާ ފަރާތުން ބުނެފި އެވެ.

ހުސެއިން މުނައްވަރު ޑައިރެކްޓްކޮށް ސެޓާން ސްޓޫޑިއޯ އާއި ކިޑްސް ސްޓޫޑިއޯ ގުޅިގެން ޕްރޮޑިއުސްކުރި މި ފިލުމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށް، މުޖުތަމައުއަށް ހާއްސަ މެސެޖްތަކެއް ދޭ ފިލުމެއްކެވެ.

ކުޅުދުއްފުށީގައި މި ފިލުމު އަޅުވާ ފަރާތުން ބުނީ، މިއީ ކުޅުދުއްފުށީގައި ފިލުމަކަށް ތާރީހުގައި އެންމެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ފިލުމު ކަމަށެވެ. އެގޮތުން ޖުމްލަ ހަތަރު ޝޯއެއް އަޅުވާއިރު ހުރިހާ ޝޯއެއްގެ ޓިކެޓްވެސް ވިއްކި ހުސްވެފައިވާ ކަމަށެވެ.

ޖުމްލަ 1000 ވުރެ ގިނަ ޓިކެޓް ވިއްކި ހުސްވެފައިވާއިރު މިރޭ ކުޅުދުއްފުށީގައި ފުރަތަމަ ޝޯ ދައްކަން ފަށާނެ އެވެ. ޝޯ އަޅުވަން ފަށާ ވަގުތަކީ 21:00 އެވެ. އެކަމަކު ބެލުންތެރިން 20:30 އިން ފެށިގެން ޝޯއަށް ވައްދަމުންދާނެ ކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެ އެވެ.

މިރޭ ޝޯ ފުރަތަމަ ޝޯ ދައްކަން ފަށާއިރު 6، 7، 8 ވަނަ ދުވަހުގެ ޝޯތައްވެސް ވަނީ ފުލްވެފަ އެވެ. މިއީ މުޅި ރާއްޖޭގައިވެސް މިހާ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ފިލުމުކަމަށްވެ އެވެ.

މި ފިލުމުގައި ދައްކައިދެނީ ލޯބިން އުޅޭ ދެމަފިރިންގެ ތެރެއަށް އިތުރު އަންހެނަކު ވަދެ ފިރިހެން މީހާ ނާޖައިޒު ފައިދާ ނަގައި މަންޒަރެވެ. އަދި އެކަމުގެ ސަބަބުން ކައިވެނި ރޫޅި، ގެވެށި އަނިޔާގެ ޝިކާރައަކަށްވެ މުޅި ދިރިއުޅުން ހަކާލުވާ މަންޒަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355