ޔުނިސެފުން ރާއްޖެއަށް މީސަލްސް ރުބެއްލާ އެމްއާރް ވެކްސިންގެ 28،000 ޑޯޒާއި ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.
މި ތަކެތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ. ޔުނިސެފްގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމްއިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑާއީ އެވެ.
“Maintaining strong immunization coverage is essential not only to protect children today but also to safeguard public health for the future.” - UNICEF Rep @eddie_addai
— UNICEF Maldives (@UNICEFMaldives) July 8, 2026
📸 Handover of vaccines & devices to @MoHmv to support the national response to the current measles outbreak. pic.twitter.com/Vdhy4toe9B
މި ރަސްމިއްޔާތުގައި މިނިސްޓަރު ގީލާ ވަނީ ޔުނިސެފުން ވެދިން އެހީއަށް ޝުކުރު އަދާކޮށްފަ އެވެ.
ރާއްޖޭގައި ހިމަބިހީގެ ކޭސްއެއް މެއި މަހު ފެނުނު ފަހުން މިހާތަނަށް މިބައްޔަށް 121 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.
ހިމަބިއްސަށް ވެކްސިން ދިނުމަށް މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން 5،400 އަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.