twitterviber whatsapp telegramfacebookyoutube instagram
8th April 2026

ތިލަދުންމަތީގެ ކަނޑުގެ ސަރަހައްދުން ތެޔޮ އަޅާފައި ހުރި ފީފާތަކެއް ފެންނަން ފަށައިފި

Aug 22, 2011

ތިލަދުންމަތީގެ ކަނޑުގެ ސަރަހައްދުން ތެޔޮ އަޅާފައި ހުރި ފީފާތަކެއް ފެންނަން ފަށައިފިއެވެ.

ހދ. އަތޮޅުގެ ކަނޑުގެ ސަރަހައްދުން ފެންނަން ފަށާފައިވާ މި ތެޔޮ ފީފާތައް ހުރީ ރީނދޫ ކުލައިގައެވެ. އަދި މީގެ ތެރެއިން ބައެއް ފީފާ ތަކަކީ ބަލާބެލުމަށް ކަނޑުމަތީގައި ގިނަ ދުވަސްތަކެއް ވެފައިވާ ފީފާތަކެއް ކަމަށް އެތަކެތި ހޮވި ކުޅުދުއްފުށީގެ ދޯންޏަކުން ދަތުރު ކުރި ފަރާތަކުން ބުނެއެވެ. މީގެތެރެއިން ބައެއް ތާނގީ ހުރީ ކަނޑު ރިނދަ ޖަހަންފަށާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް މިފަދަ ތޭރަ ވަރަކަށް ފީފާ ވަނީ ފެނިފައެވެ. އެގޮތުން މިއަދުވެސް ކުޅުދުއްފުށީގެ ދޯނިތަކުން 6 ފީފާ ގެނެސްފައި ވާކަމަށާއި ޖުމްލަ މިހާރު 10 ފީފާއެއް ކުޅުދުއްފުށީ ދޯނިތަކުން ގެނެސްފައިވާ ކަމަށް މިއަދު ތާނގީ ފެނުނު ދޯންޏެއްގައި ދަތުރުކުރި ފަރާތަކުން މައުލޫމާތު ދިނެވެ.

ކުޅުދުއްފުށީގެ އިތުރުން ނެއްލައިދޫގެ ދޯންޏެއްގައި ދަތުރުކުރި ބަޔަކަށްވެސް 3 ފީފާ ވަނީ ފެނިފައެވެ.

ރީނދޫ ކުލައިގެ މި ފީފާ ތަކުގައި ހުރީ ކައްކާތެޔޮ ކަމަށް އެތަކެތި ހޮވިފަރާތްތަކުން ބުނެފައި ވެއެވެ.

މިކަމާ ބެހޭގޮތުން ހދ. އަތޮޅު ކައުންސިލް މެންބަރު މުސްތަފާ ސަލީމް އަށް ގުޅާލުމުން ވިދާޅުވީ މިކަހަލަ ކަމެއްގެ މައުލޫމާތު ލިބިފައި ނުވާކަމަށާއި އެއްވެސް ފަރާތަކުން އެފަދަކަމެއް އަދި އަތޮޅު ކައުންސިލްއަށް އަންގާފައި ނުވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355