ކުޅުދުއްފުށީގެ އިތުރު ތިން ބޭފުޅަކަށް ސިޔާސީ ވަޒީފާ ދީފި އެވެ.
ރަށުގައި ތިއްބަވާ ގޮތަށް ސިޔާސީ މަގާމު ހަމަޖެއްސެވި ތިން ބޭފުޅުންނަކީ އަބުދުލްލަތީފް މުހައްމަދާއި ހަސަން ޝައްފާން އާއި އިބުރާހިމް އީހާބު އެވެ.
އަބުދުލްލަތީފަށް ވަޒީފާ ދިނީ، މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރސްގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމެވެ. އަބުދުލްލަތީފް ވަޒީފާއަށް ނުކުންނަވާނީ ކުޅުދުއްފުށީގައި ހުންނަ ޕަބްލިކް ވާރކްސް އޮފީހަށެވެ.
ހަސަން ޝައްފާން ހަމަޖެއްސެވީ، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށެވެ. އޭނާ ވަޒީފާއަށް ނުކުންނަވާނީ ޒޯން ސްޓޭޑިއަމަށެވެ.
އިބުރާހިމް އީހާބުއަށް ވަޒީފާ ދިނީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށެވެ. އޭނާ ސޮއިކުރައްވަން ނުކުންނަވާނީ ހދ އަތޮޅު ކައުންސިލް އިދާރާއަށެވެ.
މި ސަރުކާރުގައި ކުޅުދުއްފުއްޓަށް ގިނަ އަދަދެއްގެ ސިޔާސީ މަގާމު ވަނީ ހަމަޖައްސައިދީފަ އެވެ.




