twitterviber whatsapp telegramfacebookyoutube instagram
14th July 2026

ކުމުންދޫ ކައުންސިލާއި އަންހެނުން ކޮމެޓީގެ އަގުލަބިއްޔަތު ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ގެއްލިއްޖެ

އަބްދުލް ވާހިދު ޙަސަން
Apr 7, 2026

ހދ ކުމުންދޫ ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އަގުލަބިއްޔަތު ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ގެއްލިއްޖެ އެވެ.

އެރަށުގައި އިންތިހާބުކުރަން ޖެހޭ 6 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ލިބިފައިވަނީ ކައުންސިލް ރައީސްގެ މަގާމެވެ. އެ މަގާމަށް ވާދަކުރެއްވި އަލީ ގާސިމަށް 440 ވޯޓް ލިބުނުއިރު ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނީ 363 ވޯޓެވެ.

ކުމުންދޫ ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ޕީއެންސީއަށް ލިބުނުއިރު އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ތިން ގޮނޑިވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ.

އެގޮތުން ކައުންސިލްގެ އަންހެނުންގެ ގޮނޑި 388 ވޯޓާއެކު ހައްސާނާ އަލީ ކާމިޔާބުކުރިއިރު އެމްޑީޕީގެ ކެނޑިޑޭޓް ސާމިހާ މުހައްމަދަށް ލިބުނީ 373 ވޯޓެވެ. ކައުންސިލްގެ އާންމު މެންބަރުގެ ގޮނޑިއަށް ހަތަރު ކެނޑިޑޭޓުން ވާދަކުރިއިރު ޕީއެންސީގެ އަލީ އަންވަރު އެ ގޮނޑި ނެގީ 292 ވޯޓުންނެވެ.

އެމްޑީޕީގެ ކެނޑިޑޭޓަށް ލިބިފައިވަނީ 195 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރި ދެ މެންބަރުންގެ ތެރެއިން އަލީ ގާސިމަށް 175 ވޯޓް ލިބުނުއިރު 106 ވޯޓާއެކު އެންމެ ފުލުގައި އުޅެނީ ނޫރައްދީން އިބުރާހިމެވެ.

ކައުންސިލްގެ ދައުރު ފެނުނީންސުރެއް ކުޅުމުންދޫގެ ކައުންސިލާއި އަންހެނުންގެ ކޮމެޓީގެ އަގުލަބިއްޔަތު ނަގަމުންދިޔައީ އެމްޑީޕީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355