twitterviber whatsapp telegramfacebookyoutube instagram
10th April 2026

ގަޕޯގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ތައްޔާރުވަނީ

Apr 8, 2026

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުމަށް ސޮއިކުރަން ފަށައިފި އެވެ.

ޗެއާޕާސަންގެ މަގާމުން އަބްދުލް ޣަފޫރު ވަކިކުރުމުގެ މަސައްކަތް ފަށާފައި މިވަނީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމުން އިބްރާހީމް ވަހީދު (އިބްރޭ) އާއި އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފު މަގާމުން ވަކިކޮށްފައިވަނިކޮށެވެ.

އިބްރޭ އާއި އަހުމަދު މައުރޫފު މަގާމުން ވަކިކޮށްފައިވާކަން އެންގީ އަބްދުލްޣަފޫރު ސޮއިކޮށް ފޮނުވި ސިޓީއެއްގަ އެވެ. ނަމަވެސް އެ ބޭފުޅުން ވަކިކުރި ސަބަބެއް ސިޓީގައި ވިދާޅެއް ނުވެ އެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން އެ ޕާޓީން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދިން މައްސަލަވެސް ވަނީ ހޫނުވެފަ އެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ބުނާ ގޮތުގައި، އެ ޕާޓީއަށް ކައުންސިލް އިންތިޚާބުގައި ބޮޑު ކާމިޔާބެއް ލިބުނީ ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ޕާޓީން ކުރި މަސައްކަތުންނެވެ.

މި މައްސަލައިގައި އަބްދުލްޣަފޫރު ވިދާޅުވީ ޖަލްސާގައި ވާހަކަ ދައްކަވަން ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި ރައީސް ނަޝީދު އެދިވަޑައިގެންނެވި ކަމަށާއި އެބޭފުޅުންނަށް އެ ފުރުސަތު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދަނިކޮށް މަސްލަހަތު ގެއްލޭ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށެވެ.

އެ ޖަލްސާގެ އެޖެންޑާގައި ހަމަޖެހިފައި އޮތީ ޕާޓީގެ ރައީސް އާއި ޕާޓީގެ ޗެއާޕާސަން އާއި ސިޓީތަކުގެ މޭޔަރުންނާއި ޑަބްލިއުޑީސީގެ ރައީސުންނާއި ކެމްޕެއިން ކޮމިޓީގެ މެނޭޖަރާއި ރިފަރަންޑަމް ކޮމިޓީގެ ޗެއާ ވާހަކަ ދައްކާ ގޮތަށް ކަމަށް ކަމަށްވެސް އަބްދުލްޣަފޫރު ވިދާޅުވި އެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އިންތިހާބުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355