twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކަނޑުމަތިން ފެންނަމުންދާ ތެޔޮ ފީފާތައް އަދި ހަންތަކާމެދު އަމަލު ކުރަން ވީގޮތް ރަށު ކައުންސިލްތަކަށް މިދަނީ އަންގަމުން: ޝުކޫރު

Aug 23, 2011

އިބްރާހިމް ހަމީދު

ތިލަދުންމަތީ ސަރަޙައްދުގެ ކަނޑު މަތިން މިދުވަސްކޮޅު ފެންނަމުންދާ ތެޔޮ ފީފާ ތަކާއި ހަންތަކާމެދު އަމަލު ކުރަންވީގޮތް އަތޮޅުގައި ހިމެނޭ ރަށްރަށުގެ ކައުންސިލްތަކަށް އަންގަމުން ދާކަމަށް ހދ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝުކޫރު މައުލޫމާތު ދެއްވައިފިއެވެ.

ޝުކޫރު ވިދާޅުވީ މިސަރަހައްދުން އެތަކެތި ފެންނަމުންދާކަމަށް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން އިން އަތޮޅު ކައުންސިލްއަށް ރިޕޯޓް ކޮށްފައި ވާަކަމަށެވެ. އަދި ރަށު ކައުންސިލްތަކަށް މިހާރު އަމަލު ކުރަންވީގޮތް އަންގަމުން ދާކަމަށެވެ.

“މިހާރު މިގެންދަނީ ކަނޑުން ހޮވާ ތަކެއްޗާމެދު މިނިސްޓްރީ އޮފް ފިނޭންސުން  އަމަލު ކުރަމުންދާ ގަވައިދުގެ ދަށުން އެތަކެއްޗާއި މެދުއަމަލު ކުރުމަށް އަންގަމުން.” ޝުކޫރު ވިދާޅުވިއެވެ.  “ލައްގަމުންދާކަމުގެ މައުލޫމާތު ލިބެމުންދަނީ ކުކިން އޮއިލް ކަމަށްވާތީ މިނިސްޓްރީ އޮފް ހެލްތުން އެ އޮންނަ ގަވައިދުތަކަށް އަމަލުކުރުމަށް ހދ.އަތޮޅުގެ ހުރިހާ ރަށްރަށުގެ ކައުންސިލް އިދާރާތަކަށާއި ގައުމީ އިދާރާއަށް އެކަންވެސް އަންގައިފިން.”

ހދ.އަތޮޅު ކަނޑުގެ ސަރަހައްދުން ތެޔޮ އަޅާފައިހުރި ފީފާއާއިހަންތަކެއް ފެންނަމުންދާތީ ކުޅުދުއްފުށީޕޮލިސް ސްޓޭޝަނުން ހދ.އަތޮޅުކައުންސިލް އިދާރާއަށް އެ މައުލޫމާތު ފޯރު ކޮށްދީފައި ވާކަން ފުލުހުންގެ މީޑިއަ އޮފިޝަލް އަހުމަދު ޝިޔާމް ވެސް މިނޫހަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އިއްޔެ އާއި ހަމައަށް ކުޅުދުއްފުށީގެ ދޯނި ތަކުން ރީނދޫ ކުލައިގެ 10 ފީފާ ކަނޑު މަތިން ހޮވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ނެއްލައިދޫގެ ދޯންޏަކުން 3 ފީފާ ހޮވިކަމަށްވެސް އިއްޔެ މައުލޫމާތު ލިބިފައިވެއެވެ. ތެޔޮ ފީފާގެ އިތުރުން 20 ލީޓަރުގެ ކައްކާތެޔޮ ހަންތަކެއްވެސް މިއަދު މިހާތަނަށް ފެނިގެން ރަށްރަށަށް ގެންދަމުންދާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ. ހޮވަމުން މިދާ ފީފާތަކާއި ހަންތަކުގައި ހުރީ ކައްކާ ތެޔޮކަމަށް އެފަރާތްތަކުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355