twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިރާގު ކަސްޓަމަރުންގެ އިންޓަނެޓް ބިލުތަކުން 20 އިންސައްތަ ކަނޑާލަދެނީ

May 4, 2012

ސްރީލަންކާ އާއި ދިވެހިރާއްޖެ އާ ދެމެދު ދިރާގުން އަޅާފައިވާ ސަބްމެރިން ކޭބަލް އަށް ދިމާވި މައްސަލަ އާއި ގުޅިގެން އެޕްރީލް މަހުގެ ތެރޭގައި ޚިދުމަތް ދިނުމުގައި ދިމާވި ދަތިތަކުގެ ސަބަބުން، އެކަމުގެ ދަތި ތަހައްމަލު ކުރަން ޖެހުނު ކަސްޓަމަރުންގެ ބިލުތަކުން ބައެއް ކަނޑައިދޭން ދިރާގުން ނިންމައިފި އެވެ.

ދިރާގުގެ ސަބްމެރިން ކޭބަލް އަށް ދިމާވި މައްސަލަ އާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ނަސަންދުރާ ޕެލަސް ހޮޓެލްގައި ބޭއްވި ނޫސް ކޮންފަރެންސް ގައި ދިރާގުން އިއުލާން ކޮށްފައިވަނީ، ދިރާގުގެ އޭޑީއެސްއެލް އިންޓަނެޓް ހިދުމަތް ބޭނުން ކުރައްވާ ފަރާތްތަކުގެ ތެރެއިން ހިދުމަތަށް ބުރޫއެރި ކަސްޓަމަރުންނަށް އެދަތިކަން ދިމާވި ދުވަސްތަކުގެ ބިލުން އެބައި މާޢާފު ކޮށްދިނުމަށެވެ.

މީގެ އިތުރުން ޓަޗްނެޓް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 31 މެއި އާ ހަމައަށް ބޭނުން ކުރެވޭގޮތަށް 20 އިންސައްތަ ހިލޭ ޑޭޓާ ކްރެޑިޓް ދޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ޓަޗްނެޓް ޕްރީޕެއިޑް ކަސްޓަމަރުންނަށް 15 މެއި އާ ހަމައަށް ބޭނުން ކުރެވޭގޮތަށް 200 އެމްބީ ހިލޭ ޑޭޓާ ކްރެޑިޓް ދިނުމަށް ވަނީ ހަމަޖައްސާފައެވެ. އަދި މޯބައިލް އިންޓަނެޓް ހިދުމަތް ހޯދާ ފަރާތްތަކަށް ވެސް އިތުރު %20 އިތުރަށް ބޭނުންކުރެވޭ ގޮތަށް ވަނީ ހަދާފައެވެ. އަދި މެއި 7 ގެ ނިޔަލަށް އިތުރުވާ ކޮންމެ ކޭބީއަކަށް 0.8 ލާރި ނަގާގޮތަށް ވަނީ އަގު ހެޔޮކޮށްފައެވެ.

ދިރާގުން މައުލޫމާތު ދީފައިވާ ގޮތުގައި ސަބްމެރިން ކޭބަލަށް ގެއްލުން ލިބިފައި ވަނީ ކޭބަލް އަޅާފައިވާ ސަރަހައްދުގައި ބޯޓަކުން ވައްޓާލި ނަގިއްޔަކުން ޖެހިގެން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355