twitterviber whatsapp telegramfacebookyoutube instagram
8th September 2026

ދިރާގުގެ ރޯދަ ހަދިޔާ ޕްރޮމޯޝަންގެ ގުރުއަތުލުން ބާއްވައިފި

Sep 28, 2012

.

ދިރާގުން ކުރިއަށް ގެންދިޔަ “ދިރާގު ބޮޑު ހަދިޔާ”ގެ ޕްރޮމޯޝަންގެ ގުރުއަތުލުން ބާއްވާ އިނާމުތައް ހަވާލުކޮށްފި އެވެ.

ދިރާގުގެ ރޯދަ ހަދިޔާގެ އިނާމުތައް ހަވާލުކޮށްފައިވަނީ ލެކިއުޓް ލައިފް ސްޓައިލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ. އެރަސްމިއްޔާތުގައި އިނާމުތައް ހައްގުވާ ފަރާތްތަކަށް އިނާމުތައް ހަވާލުކޮށްދެއްވީ ލެކިއުޓް ފިހާރަތައް ހިންގާ ލިންޓެލް އިންވެސްޓްމަންޓްގެ ޑިރެކްޓަރ މަހުމޫދު ރާޒީ އާއި ދިރާގުގެ މާކެޓިން މެނޭޖަރ އަހުމަދު މައުމޫނު އެވެ.

މި ޕްރޮމޯޝަންގެ ބޮޑު އިނާމު ލިބިފައިވަނީ ނ ވެލިދޫ، ނޫރީގޭ ހަސަން ފާއިޒަށެވެ.  އޭނާއަށްވަނީ ގޭތެރޭގައި ބޭނުންކުރާ، އެއްލައްކަ އަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ގިނަ ތަކެތި ލިބިފައި އެވެ. އޭގެތެރޭގައި އައިސް އަލަމާރި އާއި ގޭސް އުނދުނާއި ޑިޝްވޮޝާ، މައިކްރޯވޭވް އަވަނާއި ފުލް އެޗްޑީ އަދި ތްރީޑީ ޓީވީ އަކާއި، ފުޑް ޕްރޮސެސާގެ އިތުރުން ބްލޫރޭ ހޯމް ތިއޭޓާ ސިސްޓަމެއް ހިމެނެއެވެ.

އޭގެ އިތުރުން ދިރާގުގެ ޕްރޮމޯޝަނުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ޕްރީޕެއިޑް ވިނާސް، ޕޯސްޕެއިޑް ވިނާސް އަދި ފިކްސްޑް ލައިން ވިނާސް ގެ ގޮތުގައި 9 ފަރާތެއް ވަނީ ހޮވާފައި އެވެ. އެފަރާތްތަކަށް ކަނޑައެޅިފައިވާ އިނާމަކީ ޕެނަސޮނިކް ބްރޭންޑްގެ ފުޑް މިކްސްޗަރ އެކެވެ. އޭގެ އިތުރުން ރޯދަ ހަދިޔާގެ ޕްރޮމޯޝަންގެ ތެރޭގައި ކުރިއަށްދިޔަ އެސްއެމްއެސް ވާހަކަ މަޖާގެ އެއްވަނަ އަށްދިޔަ ޓީމުގެ ކޮންމެ މެމްބަރަކަށް ޕެނަސޮނިކް ޑިޖިޓަލް ކެމެރާއެއް ވަނީ ދީފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293