twitterviber whatsapp telegramfacebookyoutube instagram
24th April 2024

ރާއްޖޭގައި ކުރާ ކޯލު ތަކަށް 50 އިންސައްތައިގެ ޑިސްކްއުންޓް ދޭ ޕެކޭޖެއް ދިރާގުން ތައާރަފު ކޮށްފި

Oct 7, 2012

.

ރާއްޖޭގައި ކުރާ ކޯލު ތަކަށް 50 އިންސައްތައިގެ ޑިސްކްއުންޓް ދޭ ޕެކޭޖެއް ދިރާގުން ތައާރަފު ކޮށްފި އެވެ.

ދިރާގުން ” ޕްރިޕެއިޑް ޕްލަސް” ގެ ނަމުގައި މި ޕެކޭޖް ތައާރަފު ކޮށްފައި ވަނީ ޕްރިޕެއިޑް ކަސްޓަމަރުންނަށެވެ. މި ޕެކޭޖްގައި ދުވާލަކު 10 މިނެޓް ވާހަކަ ދެއްކުމުން މިނެޓަކު އެންމެ 49 ލާރި އަށް ދިރާގު ކޮންމެ ނަމްބަރަކަށްވެސް ގުޅޭނެއެވެ.

” ޕްރިޕެއިޑް ޕްލަސް” އިތުރުން ޑިސްކައުންޓްތައް ލިބޭ އިތުރު 3 ޕެކޭޖެއްވެސް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ. އެއީ “ހައި ފައި”، “ބެސްޓްފްރެންޑް”، ސްޓޭންޑާރޑް ޕްލޭންއެވެ. މިކަމުގެ ސަބަބުން ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ކުޑަ ޚަރަދަކާއެކު، ގިނަވަގުތު ވާހަކަ ދެއްކޭނެ މަގު ވަނީ ހުޅުވިފައެވެ.

މިޕެކޭޖަށް ސަބްސްކުރައިބު ކުރުމަށް ޕީކޭޖީ ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްފައި ޕްލަސް ޖައްސަވާފައި 444 އަށް އެސްއެމްއެސް އެއް ފޮނުވާލެވިދާނެއެވެ. ނުވަތަ މިކަމަށް ޚާއްސަ ކުރެވިފައިވާ ފޯމެއް ފުރުއްވުމުންވެސް އެކްޓިވޭޓް ކުރެވޭނެއެވެ.

މިޕެކޭޖާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދިރާގުގެ މާކެޓިންގ ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، 350،000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތް ފޯރު ކޮށްދެމުންދާ ދިރާގުން އަބަދުވެސް އެންމެ ހެޔޮއަގުގައި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355