twitterviber whatsapp telegramfacebookyoutube instagram
5th April 2026

ނެނޯ ސިމް ފުރަތަމަ ފަހަރަށް ދިރާގުން ތައާރަފް ކޮށްފި

Oct 11, 2012

އައިފޯން 5 ގައި ބޭނުންކުރާ ނެނޯ ސިމް ދިރާގުން ތައާރަފް ކޮށްފިއެވެ.

ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސްގެ މެނޭޖަރ މުހައްމަދު މިރްޝާން ހަސަން މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދިރާގަކީ ނެނޯ ސިމް ރާއްޖޭގައި އެންމެ ފުރަތަމަ ތައާރަފްކުރި ކުންފުނި ކަމަށާއި ދުނިޔޭގައި އެތައް އޮޕަރޭޓަރުންނެއް މި ސިމް ހޯދުމަށް މަސައްކަތްކުރަމުންދާ ވަގުތެއްގައި، ދިރާގުގެ ކަސްޓަމަރުންނަށް މިހާ އަވަހަށް މި ސިމް ލިބޭނެ ގޮތް ހަމަޖެހުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ދިރާގުގެ ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމަކީ ދިރާގުގެ އަމާޒުކަމަށް ވިދާޅުވިއެވެ.

ނެނޯ ސިމް އަކީ އެންމެ ފަހުގެ އުފެއްދުން ތަކުގެ ތެރޭގައި ހިމެނޭ އުފެއްދުމެކެވެ. އެއީ އާދައިގެ ސިމް ތަކާއި މައިކްރޯ ސިމްތަކަށް ވުރެ 12 އިންސައްތަ ތުނި ސިމް އެކެވެ. ނެނޯ ސިމް ފިޔަވާ އެހެން ސިމް ތައް އައިފޯން 5 ގައި ބޭނުމެއް ނުކުރެވޭނެއެވެ.

އެހެނިހެން ސިމްތަކާއި އެއް އަގެއްގައި ދިރާގު ކަސްޓަމާރ ފްރޮންޓް އޮފީހުން މި ސިމް ލިބެން ހުންނާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. މިދިޔަ މަހުގެ ފަހުކޮޅު ބާޒާރަށް ނެރުނު އައިފޯން 5 ރާއްޖޭގެ މާކެޓްގައި ވެސް ވަނީ ވިއްކަން ފަށައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355