twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޔޫތު ލީޑަރޝިޕް ޕްރޮގްރާމާއި ހިއުމަން ރައިޓްސް ޑިފެންޑާސް ޓްރެއިނިންގައި ކުޅުދުއްފުށީގެ 6 ދަރިވަރަކު ހަރަކާތްރެރިވަމުން އެބަދޭ

Nov 26, 2012

ޔޫތު ލީޑަރޝިޕް ޕްރޮގްރާމާއި ހިއުމަން ރައިޓްސް ޑިފެންޑާސް ޓްރެއިނިންގައި ކުޅުދުއްފުށީގެ 6 ދަރިވަރަކު ހަރަކާތްރެރިވަމުން އެބަދެއެވެ.

އިއްޔެ ބަނޑޮސް އައިލެންޑް ރިސޯޓްގައި ފެށުނު ޔޫތު ލީޑަރޝިޕް ޕްރޮގްރާމަކީ ބަނޑޮހާއި ޔޫ.އެން.އީ.ޕީ.އޭ އާއި، އިންސްޓިޓިއުޓް އޮފް ގަވަރނަންސް އެންޑް ޑެވެލޮޕްމެންޓާއި ޑިމޮކްރަސީ ހައުސް ގުޅިގެން އަންނަ ޑިސެމްބަރު މަހުގެ 15 ގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ބައިވެރިންގެ ނިދުމާއި ކެއުމުގެ އިންތިޒާމް ބަނޑޮހުގައި ހަމަޖެހިފައިވާއިރު ސެޝަންތައް ވެސް ކުރިއަށް ދަނީ ބަނޑޮސް ގައެވެ. މި ޕްރޮގްރާމްގެ ތެރޭގައި މާލޭގެ އެކިއެކި މުއައްސަސާތަކަށް ޒިޔާރަތްކޮށް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޤާނޫނު އަސާސީ ދުވަހު ދެއްކުމަށް ތައްޔާރުކުރެވޭ ޒުވާނުންގެ މާދިރީ އާއެކު ނިމިގެންދާ މި ޕްރޮގްރާމްގައި 16 އަހަރާއި 21 އަހަރާއި ދެމެދުގެ 40 ބައިވެރިއަކު ވަނީ ބައިވެރި ވެފައެވެ. އޭގެ ތެރޭގައި ހިމެނޭ ކުޅުދުއްފުށީގެ 4 ކުދިންގެ ތެރެއިން 3 ކުދިންނަކީ މިއަހަރު ގްރޭޑް 11 ގައި ތައުލީމް ޙާޞިލު ކުރަމުންދާ ދަރިވަރުންނެވެ. އެއީ ސަބްރިއްޔަތު ހުސައިން އޮޅުގިރި، އައްސަދު ހަސަން އަރާހަނދު، އަދި ހަސަން މޫސާ ޕެޓޫނިޔާ އެވެ. މީގެ އިތުރުން ހިމެނިފައި ވަނީ ކުޅުދުއްފުށީ ސަހަރާދޮށުގޭ އައިމިނަތު ސަމާ މޫސާ އެވެ.

2010 ވަނަ އަހަރުން ފެށިގެން ޔޫތު ލީޑަރޝިޕް ޕްރޮގްރާމްގެ ނަމުގައި ޑިމޮކްރަސީ ހައުސް އިން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގްރާމުގައި މީގެ ކުރީ ދެފަހަރެއްގެ މަތިން ކުޅުދުއްފުށީގެ 7 ކުއްޖަކު ވަނީ ތަމްރީންވެ، ޒުވާނުންގެ މާދިރީގައި ވަކާލާތު ކޮށްފައެވެ.

ހިއުމަން ރައިޓްސް ޑިފެންޑާރސް ތަމްރީން ކުރުމުގެ ވޯކްޝޮޕްގައި ވެސް ކުޅުދުއްފުށީގެ ދެ ކުއްޖަކު ދަނީ ހަރަކާތްތެރި ވަމުންނެވެ. މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯރކް އިން ހިންގާ މި ވޯކްޝޮޕް ކުރިއަށް ދަނީ ސ. ގަން އައިލެންޑް ރިޓްރީޓްގައެވެ. މި ވޯކްޝޮޕް ނިންމާ އިވަލުއޭޝަން ޓެސްޓުން ފާސްވާ ކުދިން ހިއުމަން ރައިޓްސް ޑިފެންޑާރސްގެ ގޮތުގައި އޮފިޝަލްކޮށް ކަނޑައެޅިގެންދާނެ އެވެ. ޖުމްލަ 38 ދަރިވަރުން ބައިވެރިވާ މި ވޯކްޝޮޕްގައި ކުޅުދުއްފުށިން ބައިވެރިވެފައިވަނީ ރަސްފުށި، އަބްދުﷲ އިބްރާހިމާއި، އަފީފާ އާދަމް ތުޅާގިރިއެވެ. މި ވޯކްޝޮޕް މިއަދުން ފެށިގެން އަންނަ މަހުގެ 5 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355