twitterviber whatsapp telegramfacebookyoutube instagram
1st November 2026

ކުޅުދުއްފުށީ ސްޓޭޑިއަމްގެ ސިޑިބަރީގައި ގޮނޑި ހަރުކޮށް ނިންމާލައިފި

Aug 25, 2025

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ސިޑިބަރީގައި ގޮނޑި ހަރުކޮށް ނިންމާލައިފި އެވެ. ސިޑިބަރީގައި ގޮނޑި ހަރުކުރަން ފެށީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކުރިއަށްދަނިކޮށެވެ.

ސްޓޭޑިއަމްގެ ޕޭޖުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ގޮޑިތަކަކީ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ފަރުހަތު މުހައްމަދު އެދިލެއްވުމަށް މިނިސްޓްރީން ހޯދި ގޮނޑިތަކެއް ކަމަށެވެ.

" ސިޑިބަރީގައި ގޮނޑި ހަރުކުރުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު ފަރުހަތު މުހައްމަދު ގެ އެދިލެއްވުމަށް ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓަރ އަބްދުالله ރާފިއު ކުޅުދުއްފުށި ސިޓީ ރައްޔިތުންނަށްޓަކައި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްއަށް ހޯއްދަވައިދެއްވި ގޮނޑިތަކެކެވެ." ސްޓޭޑިއަމް މިއަދު ކުރި ޕޯސްޓްގައިވެ އެވެ.

ސްޓޭޑިމުން ބުނީ، ގޮނޑިތައް ހަރުކުރެވުމުން ކުޅިވަރު މުބާރާތްތަކާއި އެހެނިހެން ހަރަކާތްތައް ބޭއްވުމަށް ގިނަގުނަ ފަސޭހަތަކެއް ވާނެކަމަށް އުންމީދު ކުރާކަމަށާއި މިގޮނޑިތަށް ރީތިކޮށް، ސިޑިބަރީގައި އަވަސް މުއްދަތެއްގައި ހަރުކުރުމުގެ މަސައްކަތްކުރެއްވި ޝުކުރުއަދާކުރާ ކަމަށެވެ.

‎ކުޅުދުއްފުށި ސިޓީއަށް ކުޅިވަރުގެ ދާއިރާއިން ލިބެމުންދާ ކުރިއެރުން ފާހަގަކޮށް ސަރުކާރަށާއި ހާއްސަ ގާތްކަމެއް ބަހައްޓަވާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓަރު އަބްދުالله ރާފިއުއަށްވެސް އެ ޕޯސްޓްގައި ޝުކުރުއަދާކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293