twitterviber whatsapp telegramfacebookyoutube instagram
15th August 2025

ކޮމިއުނިޓީ ސެންޓަރުގެ ކޯޓުތަކަށް ގެއްލުންދޭ މައްސަލަ ބޮޑުވެއްޖެ

ނަބީލާ އިސްމާޢީލް
May 21, 2024
3

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ކޮމިއުނިޓީ ސެންޓަރުގައި ތަރައްގީކޮށްފައިވާ ކުޅިވަރު ކޯޓުތަކުގައިވާ ތަކެއްޗަށް ގެއްލުންދޭ މައްސަލަ ބޮޑުވެއްޖެ އެވެ.

ސިޓީ ކައުންސިލުން ބުނީ ކުޅުދުއްފުށި ކޮމިއުނިޓީ ސެންޓަރުގައި ގާއިމްކޮށްފައިވާ ޕޫލް ރޫމް، ޓޭބަލް ޓެނިސް ރޫމް، ޖިމް އަދި ބެޑްމިންޓަން ކޯޓަށް ބައެއް ފަރާތްތަކުން ގަސްތުގައި ގެއްލުންދެމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. މިފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުކުރުމަށް ސިޓީ ކައުންސިލުން އިލްތިމާސް ކުރެއެވެ.

ކޮމިއުނިޓީ ސެންޓަރުގައި ގާއިމްކޮށްފައިވާ ކޯޓުތަކާއި ޖިމްއަކީ ސީސީޓީވީ ހަރުކުރެވިގެން ސިޓީ ކައުންސިލުން މޮނީޓަރކުރަމުން އަންނަ ތަންތަނެވެ.

ކޮމިއުނިޓީ ސެންޓަރުގައި ގާއިމްކޮށްފައިވަނީ 2 ބެޑްމިންޓަން ކޯޓާއި، ޕޫލް ރޫމް، ޓޭބަލް ޓެނިސް ރޫމެއް އަދި ޖިމްއެއްގެ އިތުރުން ފާހާނާ ބަރިއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355