twitterviber whatsapp telegramfacebookyoutube instagram
27th April 2024

އާދަމް އިސްމާއިލް ލީގުގެ މި ހަފްތާގެ ފުރަތަމަ މެޗް އެއްވަރުވި އިރު ދެވަނަ މެޗް ކާމިޔާބުކުރީ ޑްރިބަލް

Mar 24, 2013

ކުޅުދުއްފުށީގައި މިހާރު ހަފްތާ ބަންދުގައި ކުރިއަށްދާ އާދަމް އިސްމާއިލް ލީގުގެ މި ހަފްތާގެ ފުރަތަމަ މެޗް އެއްވަރުވި އިރު ދެވަނަ މެޗް ޑްރިބަލް ކާމިޔާބު ކޮށްފި އެވެ.

ކުޅުދުއްފުށީ ކުޅިވަރު ލެޖެންޑް އާދަމް އިސްމާޢިލްގެ ޝަރަފްގައި ކުޅޭ މިލީގުގައި ހުކުރު ދުވަހު ކުޅުނު މެޗްގައި ޒިގްޒެގާއި ކޮރަލްސް ޔުނައިޓެޑާ ބައްދަލުކޮށް އެއްވަރުވެފައިވަނީ 1 ލަނޑު 1  ލަނޑުންނެވެ. މި މެޗްގައި ޒިގްޒެގް ގެ ލަނޑު ޖަހާފައިވަނީ ޖޯޒީ ނަމްބަރު 11 އަލީ އިބްރާހީމެވެ. އަދި ކޮރަލްސްގެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޖޯޒީ ނަމްބަރު 8 އަހުމަދު ހަސަންއެވެ.

ކޮރަލް ދަނޑުގައި ކުޅުނު މިމެޗްގައި ކޮރަލްގެ އަހުމަދު ހަސަން އާއި، ހުސައިން ހަސަންއަށް އަދި ޒިގެޒެގް ގެ އަބޫބަކުރު އަލީއަށް ވެސް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

މި ލީގުގައި އިއްޔެ ކުޅުނު މެޗް ޑްރިބަލް އިން ވަނީ ފަސޭހަ ކަމާއިއެކު ކާމިޔާބުކޮށްފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޒެޑް ވައި އެލްގެ މައްޗަށް ޑްރިބަލްއިން އިއްްޔެ ކުރިހޯދާފައި ވަނީ 5 ލަނޑުންނެވެ. މި މެޗްގައި ޑްރިބަލް ގެ ލަނޑުތައް ޖަހައިދީފައިވަނީ މުހައްމަދު އާލިމް އަހުމަދާއި، އަހުމަދު ނަދީމާއި އަލީ އިބްރާހިމްއެވެ. އަދި މިމެޗްގައި އެޓީމަށް 2 ލަނޑު ކާމިޔާބުކޮށްދިން ހުސައިން އަބްދުއް ރަޝީދަށް އިއްޔެ ވަނީ ރަތް ކާޑެއްވެސް ދައްކާފައެވެ. މީގެ އިތުރުން އެޓީމްގެ މުހައްމަދު އަހުމަދަށާއި، އަހުމަދު ހަސަން އަށް އަދި  ޒެޑް ވައި އެލްގެ އިމްދާދު އަލީ އަށްވެސް އިއްޔެގެ މެޗްގައި ރީނދޫ ކާޑު ދައްކާފައިވެއެވެ.

މި ލީގުގައި ދެން މެޗެއް އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. އެ މެޗްގައި ބައްދަލުކުރާނީ ޑްރިބަލް އާއި ކޮރަލްސްއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355