twitterviber whatsapp telegramfacebookyoutube instagram
8th January 2026

އަފީފުއްދީން ސްކޫލުގެ ޖަމްބަލް ސޭލް މިއަދު ފަށައިފި

May 31, 2013

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ޖަމްބަލް ސޭލް މިއަދު ފަށައިފި އެވެ.

މިއަދު މެންދުރުފަހު 2:30 ގައި ފެށުނު މިސޭލުގައި ގޭތެރޭގައި ބޭނުން ކުރާ ތަފާތު ވައްތަރުގެ ސާމާނާއި އަންނައުނުގެ އިތުރުން ކާބޯތަކެތި ވިއްކަން ހުރެއެވެ.

ޖުމުލަ 6 ސްޓޯލަކަށް ބަހާލައިގެން ކުރިއަށްގެންދާ މިސޭލްގެ ސްޓޯލްތައް ހުޅުވައި ދެއްވީ ކައުންސިލް މެމްބަރު ޖަމްޝީދު މުހައްމަދާއި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ބޯޑުގެ ޗެއާރޕާސަން އާމިނަތު ގާސިމާއި ދިރާގުގެ ކުޅުދުއްފުށީ ސެންޓަރުގެ މެނޭޖަރ މުހައްމަދު ފާހިރާއި ޑރ ސްވަރަންދިން އަދި ޑރ މުހައްމަދު އަލީ އެވެ.

އަފީފުއްދީން ސްކޫލު ހޯލުގައި ކުރިއަށްދާ މިސޭލް މިރެއާއި މާދަމާގެ މެންދުރު 12 ޖެހުމާ ހަމައަށް ކުރިއަށް ދާނެކަމަށް ސްކޫލުން މައުލޫމާތު ދެއެވެ. މިހަރަކާތްތަކީ އެސްކޫލުގެ ޕީޓީއޭ ފަންޑަށް ފައިސާ ހޯދުމަށް މިއަހަރު ހިންގާ ފުރަތަމަ ހަރަކާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355