twitterviber whatsapp telegramfacebookyoutube instagram
25th September 2026

ކޮޕާ ޑެލް ރޭ ޗެމްޕިއަންޝިޕް ރިއަލް މެޑްރިޑު ކާމިޔާބުކޮށްފި

Apr 17, 2014

ސުޕެއިންގެ ކޮޕާ ޑެލް ރޭ މުބާރާތް ރިއަލް މެޑްރިޑް ކާމިޔާބު ކޮށްފި އެވެ.

އިންޖަރީގެ ސަބަބުން ކުލަބުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ރޮނާލްޑޯ ނުލާ ކުޅުނު މި މެޗު 2-1 އިން ބާސެލޯނާގެ މައްޗަށް ރިއަލް މެޑްރިޑުން ކުރި ހޯދައިގެންނެވެ. މިއީ ރެއާލް އިން 3 އަހަރު ތެރޭ މި މުބާރާތް ކާމިޔާބު ކުރި 2 ވަނަ ފަހަރެވެ.

މި މެޗުގައި ރިއަލް މެޑްރިޑަށް ގޯލް ހުޅުވާ ދިނީ މެޗުގެ 11 ވަނަ މިނެޓްގައި ޑި މާރިއާ އެވެ. މި މުބާރާތް 26 ފަހަރު ކާމިޔާބު ކޮށްފައިވާ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަށް މިމެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 68 ވަނަ މިނެޓްގައި ބާޓްރާ އެވެ. ނަމަވެސް މެޗު ނިމެން 5 މިނެޓަށް ވެފައި ވަނިކޮށް ދުނިޔޭގެ ރެކޯޑު ފީ އަކަށް ރިއަލް މެޑްރިޑަށް ސޮއިކޮށްފައިވާ ގެރެތް ބޭލް ވަނީ ވަރަށް ރީތި ގޯލެއް ކާމިޔާބު ކޮށް ރިއަލް މެޑްރިޑަށް މި މުބާރާތް ކާމިޔާބު ކޮށްދީފަ އެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށްވެސް ހޮވިފައިވާ ބޭލް އަށް މިއީ ރިއަލް މެޑްރިޑާ އެކު ކާމިޔާބު ކުރެވުނު ފުރަތަމަ މުބާރާތެވެ. މިއީ ރިއަލް މެޑްރިޑް މި މުބާރާތް ކާމިޔާބު ކުރި 19 ވަނަ ފަހަރެވެ. އަދި ޖެހިޖެހިގެން ކުޅުނު 3 ވަނަ ފައިނަލެވެ.

ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ތާވަލުގެ ފުލުގައި އޮތް ސަންޑަލޭންޑާ ކުޅެ 2-2 އިން އެއްވަރު ވުމުގެ ސަބަބުން މެންޗެސްޓަރ ސިޓީ އަށް ވަނީ ލީގު ހޯދުމުގެ ފުރުސަތުތައް ހަނި ވެފައެވެ. އަދި ރޭ ކުޅުނު އަނެއް މެޗުގައި ކްރިސްޓަލް ޕެލަސް އަތުން 3-2 އިން ބަލިވުމުގެ ސަބަބުން އެވަޓަން ވަނީ ތާވަލުގެ 5 ވަނަ އަށް ވެއްޓި ޗެމްޕިއަންސް ލީގު ކުޅުމަށް ކުރަމުން އަންނަ ހަނގުރާމަ އަށް އިތުރު ދަތިތަކެއް ކުރިމަތިވެފަ އެވެ.

[yass cats=66]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293