twitterviber whatsapp telegramfacebookyoutube instagram
18th September 2025

ބީއެމްއެލްގެ 5000 ކަސްޓަމަރުން ބްރާންޗް ކިއޫގައި މަޑުނުކޮށް ހިދުމަތް ހޯދައިފި

Nov 20, 2014

ދާދި ފަހުން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ތައާރަފްކުރި ޗެކު އަދި ފައިސާ ޖަމާކުރާ އޭޓީއެމްތަކަށް ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ބެންކް އޮފް މޯލްޑިވްސްއިން ބުނެފި އެވެ.

މިގޮތުން މި ވޭތުވެ ދިޔަ 6 ދުވަހުގެ ތެރޭގައި 5000 އަށްވުރެ ގިނަ ކަސްޓަމަރުން ބްރާންޗުގެ ކިއޫގައި މަޑުނުކޮށް މި ހިދުމަތް ހޯދާފައިވާ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެ އެވެ.

ބީއެމްއެލްއިން ބުނީ މާލޭގެ 5 ސަރަހައްދެއްގައި ބަހައްޓާފައިވާ މި އޭޓީއެމްތަކުން ހަފްތާގެ 7 ދުވަހު 42 ގަޑިއިރުތެރޭގައި ބޭނުން ވަގުތަކު މުޅިން ހިލޭ ހިދުމަތް ހޯދޭނެ ކަމަށެވެ.

މި އޭޓީއެމްތައް ބަހައްޓާފައިވާ ސަރަހައްދުތަކަކީ މެއިން ބްރާންޗް ތިރީބުރި، މަޖީދީ މަގު ބްރާންޗް، ބީއެމްއެލް ލައިޓް، ވެލާނާގޭގެ އިތުރުން އާޓިފިޝަލް ބީޗާއި ދިމާލުން ބޮޑު ތަކުރުފާނު މަގުގަ އެވެ. މި އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމުގެ އިތުރުން ފައިސާ އަދި ޗެކު ޖަމާކުރުމުގެ ހިދުމަތާއި ފައިސާ ޓްރާންސްފަރ ކުރުމާއި ލޯނު އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމުގެ ހިދުމަތްވެސް ލިބޭނެ އެވެ.

ބޭންކުން ދަނީ އަތޮޅުތެރޭ ރަށްތަކަށް ދެމުންދާ ހިދުމަތްތައް އިތުރުކޮށް އަދި ކަސްޓަމަރުންނަށް އައު ހިދުމަތް ތައާރަފްކުރުމަށް ނިންމާފައިވާ ނިންމުމާ އެއްގޮތަށް މަސައްކަތްކުރަމުން ކަމަށްވެސް ބީއެމްއެލްއިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355