twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދިރާގުން އަތޮޅުތެރޭގެ ރަށެއްގައި ފުރަތަމަ ފަހަރަށް ފޯޖީ އެލްޓީއީ ނެޓްވޯކްގެ ހިދުމަތް ތައާރަފްކޮށްފި

Nov 23, 2014

ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޑެޓް ދިރާގުން އެކުންފުނީގެ ފޯޖީ އެލްޓީއީ ނެޓްވޯކް އަތޮޅުތެރޭގެ ރަށަކަށް ފުރަތަމަ ފަހަރަށް ތައާރަފުކޮށްފި އެވެ.

ޓެސްޓު ކުރުމަށްފަހު ލައިވްކޮށް ބޭނުންކުރެވޭ ގޮތަށް ދިރާގުން މި ހިދުމަތް ރަސްމީކޮށް ތައާރަފުކޮށްފައި ވަނީ ގއ ވިލިނގިލީގަ އެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި މިހާރު ދިރާގުގެ މޮބައިލް ނެޓްވޯކް ވާނީ އަޕްޑޭޓްކޮށް ތްރީޖީ ސްޕީޑް އެތައްގުނައެއް ރަނގަޅުކުރެވިފައި ކަމަށާއި އެގޮތުން ޒަމާނީ ފޯޖީ ނެޓްވޯކެއް ގާއިމްކޮށް ތްރީޖީ ސްޕީޑުގެ 10 ގުނަ ހަލުވި ސްޕީޑް ދިރާގު އެލްޓީއީ ނެޓްވޯކް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ލިބޭނެކަމަށެވެ.

ޒަމާނީ ސިމް ޓެކްނޮލޮޖީގެ އެހީގައި ދިރާގުން ވަނީ “ޔޫސިމް”ގެ ނަމުގައި އެ ނެޓްވޯކަށް ހާއްސަ ސިމްއެއް ވެސް ތައާރަފުކޮށްފަ އެވެ. ރާއްޖެއަށް އަލަށް ތައާރަފުކޮށްފައިވާ އެ ސިމްކާޑުގައި އެއް ސިމްއެއްގައި ތިން ސިމް ޓްރޭ ވާނެ އެވެ. އެގޮތުން ނެނޯ ސިމްއަކާއި މައިކްރޯ ސިމްއެއް ވެސް ކަސްޓަމަރުންނަށް ދޫކުރާ ސިމްގައިވާނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ.

ދިރާގުން ބުނީ ފޯޖީ ސަޕޯޓުކުރާ މޮބައިލްފޯނެއް އޮތް ދިރާގު ކޮންމެ ކަސްޓަމަރަކަށް ވެސް މުޅިން ހިލޭ 28 އޮކްޓޯބަރު އިން ފެށިގެން ދިރާގު ފްރަންޓް އޮފީހުން ސިމެއް ލިބޭނެ ކަމަށާއި ހިލޭ ސިމް ބަދަލުކޮށްދިނުން ކުރިއަށް ދާނީ މިމަހު 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އިތުރު އެއްވެސް ފައިސާއެއް ނުދައްކައި މިހާރު މޮބައިލް ބާޒާރުގައި އެންމެ މަޝްހޫރު ފޯޖީ ސަޕޯޓުކުރާ ފޯނުތަކާ އެކު ދިރާގުގެ ފޯޖީ ނެޓްވޯކް ބޭނުންކުރެވޭނެ ކަމަށާއި ފޯޖީ ނެޓްވޯކަށް ހާއްސަ ޑޭޓާ ޕްލޭންތަކެއް ވަރަށް އަވަހަށް ތައާރަފުކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355