twitterviber whatsapp telegramfacebookyoutube instagram
12th July 2025

ހޯރަފުއްޓަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

Sep 20, 2015

ހއ. ހޯރަފުއްޓަށް މިއަދު ކުރި ވިއްސާރައިގައި ނަގޫރޯޅިއެއް އަރައި އެ ރަށުގެ ބައެއް ގެތަކުގެ ފުރާޅު އެއްލާލައި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެރަށު ކައުންސިލް މެމްބަރު މުހައްމަދު ސަމީރު “ހަވީރަށް” ވިދާޅުވީ މިއަދު ހެނދުނު 7:45 ހާއިރު ގަދަ ވިއްސާރައާ އެކު އައި އެ ނަގޫރޯޅި ދިޔައީ ރަށުގެ އުތުރު ކޮޅުގައި މީހުން ދިރިއުޅޭ ސަރަހައްދުން ކަމަށެވެ

. އަދި ގާތްގަނޑަކަށް ދެތިން މިނިޓްގެ ތެރޭގައި ރަށުތެރެއިން ދިޔަ ނަގޫރޯޅީގެ ސަބަބުން އެއް ގޭގެ ފުރާޅު އެއްކޮށް އެއްލާލައި، އެހެން ދެ ގެއެއްގެ ފުރާޅުން ބައެއް އެއްލާލި އެވެ. އަދި ގެއެއްގެ ފާރެއް ވެސް ވެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

“ނަގޫރޯޅި އެރި އިރު ބޯކޮށް ވާރޭ ވެސް ވެހޭތީ ފުރާޅު އެއްލާލުމުން އެގެތަކުގެ އެތެރޭގައި ހުރި ތަކެއްޗަށް ވެސް ގެއްލުން ލިބުނު. އެނދާއި ގޮދަނޑި ފަދަ އެއްޗެހި ވެސް ތެމުމުގެ ސަބަބުން ހަލާކުވި،” ސަމީރު ވިދާޅުވި އެވެ.

“އަދި ވަލުތެރެއަށް ވެސް އެ ރޯޅި އަރައި، ބައެއް ރުއްގަސްތައް ވައްޓާލައިފައިވޭ.”

އޭނާ ވިދާޅުވި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިދުވަސްވަރު ގަދައަށް ވިއްސާރަ ކުރަމުން ދާއިރު، މިއަދު ވަނީ މެޓުން ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. ކަނޑު ގަދަވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ވެސް ދަނީ ކުރިމަތިވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355