twitterviber whatsapp telegramfacebookyoutube instagram
17th June 2025

އަފީފުއްދީން ސްކޫލްގައި ސްޓަޑީ ކޭމްޕެއް ބާއްވައިފި

Oct 3, 2010

އަފީފުއްދީން ސްކޫލުން އިންތިޒާމް ކޮށްގެން ގުރޭޑް އެކެއްގެ ހުރިހާ ކުދިންނަށް ސްޓަޑީ ކޭންޕެއް ބާއްވައިފިއެވެ. މިކޭމްޕަކީ ކޮންމެ އަހަރެއްގައިވެސް  އަފީފުއްދީން ސްކޫލުން ގުރޭޑް އެކެއްގެ ކުދިންނަށް ބާއްވަމުން އަންނަ ކޭމްޕެއްކަމަށް  އެސްކޫލުން މައުލޫމާތު  ދެއްވައެވެ.

މިގޮތުން މިއަހަރު ގުރޭޑް އެކެއްގެ ކުދިންނަށް ބޭއްވި ކޭމްޕު އިއްޔެ ހެނދުނު  7:30 ން ފެށިގެން 17:45 އަށް ސްކޫލު ހޯލްގައި ކުރިޔަށް ދިޔައެވެ. މިކޭމްޕް ބޭއްވުމުގެ މަޤްޞަދަކީ ކުދިންނަށް ގޭތެރޭގައި ކުރަމުން އަންނަ މަސައްކަތްތައް އަމަލީ ގޮތުން ބެލެނިވެރިން މެދުވެރި ކޮށް ދައްކާލުމާއި ރަށުތެރޭގައި މަސައްކަތްތައް ކުރަމުންދާ ގޮތް ދައްކާލުމެވެ. މިއީ މިކުދިންނަށް އަމިއްލަޔަށް ކަންކަމަށް އިސްނަގައި އެކަންތައްތައް ކުރާނެ ގޮތް ރަނގަޅަށް އަންގައި ދިނުމުގެ ގޮތުންނާއި އެޑިޔުކޭޝަންގެ މަންހަޖްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އަފީފުއްދީން ސްކޫލުން މައުލޫމާތު ދެއްވައެވެ.

މިކޭމްޕެށިގެންދިޔައީ ގުރޭޑްއެކެއް އޭގެ ދަރިވަރު ސާރާ ސަމްސާދުގެ ގުރުއާން ކިޔެވުމުންނެވެ. އެއަށް ފަހު ސްޕަވައިޒަރ އަލީ ޔައުގޫބު  ކުދިންނާ މުހާތަބުކޮށް ދެއްކެވި ވާހަކައިގައި މައިން ބަފައިންނާއި ޓީޗަރުންގެ ބަސްއެހުމަށް ނަސޭހަތް ތެރިވިއެވެ. މީގެއިތުރުން ގުރޭޑް އެކެއް ބީ ކުލާހު ޓީޗަރު ފާތުމަތު އަލީ ވެސް ވާހަކަ ދެއްކެވިއެވެ. އެއަށް ފަހު ކޭމްޕް ފެށިގެންދިޔައެވެ. ކޭމްޕް ހުޅުވައި ދެއްވުމުގެ ގޮތުން  މިސްކޫލުގެ ހަތަރު ސްޕަވައިޒަރުން ހަތަރު ހައުސްގެ ކުދިންނާއި ކާޑުކޮޅުތައް ހަވާލު ކޮށްދެއްވިއެވެ.

މިގޮތުން އަމީނީ ހައުސްގެ ކުދިންނާއި ކާޑު ހަވާލު ކޮށް ދެއްވީ ސްޕަވައިޒަރު އައިޝަތު މުހައްމަދެވެ. ގާޒީ ހައުސްގެ ކުދިންނާއި  ކާޑު ކޮޅުތައް ހަވާލު ކޮށްދެއްވީ ސްޕަވައިޒަރ އަލީ ޔައުގޫބެވެ. މަޖީދީ ހައުސްގެ ކުދިންނާއި ކާޑު ކޮޅުތައް ހަވާލު ކޮށްދެއްވީ ފާތުމަތު އަބޫބަކުރެވެ. ފަރީދީ ހައުސްގެ ކުދިންނާއިކާޑުތައް ހަވާލު ކޮށްދެއްވީ ސްޕަވައިޒަރ އައިމިނަތު ގާސިމެވެ.

މިކޭމްޕްގައި ކުދިންނަށް ދައްކާލެވުނު މަސައްކަތްތަކުގެ ތެރޭގައި ގޭތެރޭގައިގައި ކުރާ މަސައްކަތްތަކުގެ އިތުރުން ބަދިގޭގައި ތަފާތު ތަކެތި ކައްކާގޮތް ދައްކާލިއެވެ. މީގެ އިތުރުން މަސްކެނޑުމާއި ކާށިހެހުން ފަދަ މަސައްކަތްތައް ދައްކާލެވުނެވެ. މީގެ އިތުރުން ބަގީޗާ ހެއްދުމާއި ގޭތެރޭގައި ކުރެވިދާނެ ތަފާތު ކަންކަން ދައްކާލެވުނެވެ. ސްކޫލު ތެރޭގައި ތަފާތު ހަރަކާތްތައް ހިންގުމަށްފަހު އެކިގޭގެއަށް ޒިޔާރަތްކޮށް އެކުދިންގެ މައުލޫމާތު މުއްސަނދި ކުރުމަށް ތަފާތު ކަންތައްތައް ދައްކާލިއެވެ.

މިގެއިތުރުން މިކުދިން ސްކޫލުގައި  މިއަދު ހޭދަކުރާ ވަގުތުތަކުގައި އެކުދިންގެ ކެއުމުގެއެންމެހައި ކަންތައް ބެލެނިވެރިން ވަރަށް ފުރިހަމަޔަށް ބަލަހައްޓަވައި ދެއްވިކަމަށް އެސްކޫލުން މައުލޫމާތު ދެއްވައެވެ. އަދި މިފަދަ ހަރަކާތްތައް އިންތިޒާމުކުރުމުގައި ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރާކަމަށް އެސްކޫލުން މައުލޫމާތު ދެއްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355